ޚަބަރު
ނިޔާވެފައި އޮތް މީހަކު ރަސްގެތީމު ގެއެއްްގެ ތެރެއިން ފެނިއްޖެ

ޒައުޖަތު އަޙުމަދު2026 އޭޕްރީލު 27
ނިޔާވެފައި އޮތް މީހަކު ރ. ރަސްގެތީމު ގެއެއްްގެ ތެރެއިން ފެނިއްޖެއެވެ.
އެކަނި ދިރިއުޅެމުންދިޔަ މީހެއްގެ ޚަބަރެއް ނުވެ ދެ ދުވަސް ވެފައިވާކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން އެމީހާ ދިރިއުޅޭ ގެއަށް 2026 އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ 21:53 އެހައިކަންހާއިރު ވަދެ ބެލި ބެލުމުން އޭނާ ނިޔާވެފައި އޮއްވާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ނިޔާވެފައި އޮއްވާ ފެނިފައިވަނީ ރަސްގެތީމު، ސޯސަންގެ، އިބްރާހިމް ޔޫސުފުފުޅު (55އ) ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި މައްސަލައާއި ގުޅިގެން މިހާތަނަށް ބެލި ބެލުމުން، އެމީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެނިފައި ނުވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.
އިތުރަށް

ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި5 މޭ 2026 ، 08:38

"އަދަދު" ނޫސް އޮފީހަށް ފުލުހުން ވަދެއްޖެ!27 އޭޕްރީލު 2026 ، 15:59

ރޭގެ މުޒާހަރާގައި މީހަކު ޙާލު ދެރަވުމާ ފުލުހުންނާ ގުޅުމެއް ނެތްކަމަށް ފުލުހުން ބުނެފި 22 އޭޕްރީލު 2026 ، 05:47

ޚާއްސަ އެހީއަށް ބޭނުންވާ ފިރިހެނަކަށް ޖިންސީ ގޯނާކުރި ފިރިހެނަކު 18 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފި21 އޭޕްރީލު 2026 ، 08:24

.gif.gif&w=828&q=100)
