logo
logo
"އަދަދު" ނޫސް އޮފީހަށް ފުލުހުން ވަދެއްޖެ!

"އަދަދު" ނޫސް އޮފީހަށް ފުލުހުން ވަދެއްޖެ!

2026 އޭޕްރީލު 27
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ރާއްޖޭގައި ހިންގާ އޮންލައިން ނޫހެއް ކަމަށްވާ "އަދަދު" ނޫހުގެ އޮފީހަށް ފުލުހުން ވަދެއްޖެއެވެ.

އެ އޮފީހަށް ފުލުހުން ވަދެ ފާސްކުރަން ފަށާފައި ވަނީ "އައިޝާ" ގެ ނަމުގައި އެ ނޫހުން ހެދި ޑޮކިއުމެންޓަރީގެ މައްސަލާގައެވެ.

އެ ނޫހުން ބުނީ ޑޮކިއުމެންޓަރީ މައްސަލާގައި އެ ނޫހުގެ އޮފީހަށް ފުލުހުން ވަދެފައި ވަނީ ކޯޓު އަމުރެއްގެދަށުން ކަމަށެވެ.

އަދަދު ނޫސް ހިންގާ އިމާރާތުގެ އެތެރޭގައާއި ބޭރުގައި ވެސް ފުލުހުން ދަނީ ޙަރަކާތްތެރިވަމުންނެވެ.

މި ކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ފުލުހުން އަދަދު އޮފީހަށް މިރޭ ވަދެފައިވާއިރު، ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ނިސްބަތްވާ ގޮތަށް އަޚުލާޤީ ގޮތުން ދަށް އަމަލުތަކެއް ހިންގި ކަމަށް ބުނެ އުފައްދާފައިވާ ވީޑިއޯގައި ހިމަނާފައި ވަނީ "ކަނޑައެޅިގެން ދޮގު" ވާހަކަތަކެއް ކަމަށާއި އެފަދަ ވާހަކަތައް ދެއްކި ހުރިހާ ފަރާތްތަކަށް ދައުވާކޮށްދޭން ކަމާ ގުޅުންހުރި ފަރާތްތަކުގައި އެދިވަޑައިގަންނަވާ ކަމަށް ރައީސް މުޙައްމަދު މުޢިއްޒު މިއަދު ވަނީ ވިދާޅުވެފައެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް