logo
logo
މާލެ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ

މާލެ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ

2026 އޭޕްރީލު 27
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން މާލެ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ މާލެ ސަރަހައްދުގައި އެފަދަ ފަރުވާ ދޭ ހޮސްޕިޓަލެއް ހުރުން ވަރަށް މުހިއްމު ކަމަށެވެ. ރައީސް ވިދާޅުވީ އަތޮޅުތެރެއިން ވެސް ވަރަށް ގިނަ އަދަދެއްގެ މީހުން މާލެ އަންނައިރު، އެފަދަ ހޮސްޕިޓަލެއް މި ސަރަހައްދުގައި ހުރުން މުހިންމު ކަމަށެވެ.

"މާލެ ސަރަހައްދުގައި އެންމެ ގިނައީ މީހުން ވެސް. [ނަފްސާނީ މައްސަލަތައް ތަހައްމަލު ކުރާ] ކުދިން ވެސް. އަޅުގަނޑުމެން ބަލާއިރު މެންޓަލް ހެލްތު ކޮންސަލްޓޭޝަން ޖެނުއަރީ 1 އިން ފެށިގެން އޭޕްރީލް 24އާ ހަމައަށް ނެގި މީހުންނަށް ބަލާއިރު މާލެއިން އެބަތިބި 8،125 ފަރާތަކުން މިދިޔަ ކުޑަ ދުވަސްކޮޅު ތެރޭ އާސަންދަ އިން ފަރުވާ ހޯދާފައި. މިއީ ވަރަށް ބޮޑު އަދަދެއް."

ރައީސް ވިދާޅުވީ މެންޓަލް ހެލްތާ ގުޅޭ ބިލެއް ވެސް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ކަނޑައަޅާފައިވާ ކަމަށެވެ.

މެންޓަލް ހެލްތާއި ބުލީ ކުރުން ވެސް ގުޅިފައިވާ ކަމަށާއި ބުލީ ކުރުން ހުއްޓުވުމަށް އެއީ ގާނޫނީ ކުށަކަށް ހެދުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް