
ރައީސަށް ތުހުމަތުކުރި ވާހަކަތައް ދޮގުކުރައްވާ ރައީސް އެދިވަޑައިގަތީ ދައުވާ ކޮށްދޭން!
ރައީސް މުހައްމަދު މުއިއްޒަށް ނިސްބަތްވާ ގޮތަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގި ކަމަށް ބުނެ އުފައްދާފައިވާ ވީޑިއޯގައި ހިމަނާފައި ވަނީ "ކަނޑައެޅިގެން ދޮގު" ވާހަކަތަކެއް ކަމަށާއި އެފަދަ ވާހަކަތައް ދެއްކި ހުރިހާ ފަރާތްތަކަށް ދައުވާކޮށްދޭން ކަމާ ގުޅުންހުރި ފަރާތްތަކުގައި އެދިވަޑައިގަންނަވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" ނޫހުގެ ނޫސްވެރިއަކު ވަނީ "އައިޝާ"ގެ ނަމުގައި ނެރެފައިވާ އެ ޑޮކިއުމެންޓްރީގައި ކާކުކަން ނޭނގޭ ގޮތަށް ވާހަކަ ދެކއްި އަންހެން މީހާ ދައްކާފައިވާ ވާހަކަތަކާ ގުޅޭ ގޮތުން ރައީސްއާ ސުވާލުކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ސުވާލާއި ގުޅުވައިގެން "އަދަދު" ނޫހުން ކަނޑައެޅިގެން ދޮގު ވާހަކަ ހިމެނޭ ގޮތަށް ވީޑިއޯ ހެއްދިި ހެއްދެވުމަށް އިއުތިރާފުވި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެކަމާއި ގުޅިގެން ރައީސް ވަނީ އެފަދަ ދޮގު ވާހަކަތައް ދެއްކި ހުރިހާ ފަރާތްތަކާއި މެދު ދައުވާ ކުރަން ކަމާއި ބެހޭ ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންފައެވެ.
"ކަނޑައެޅިގެން ދޮގު ވާހަކައެއް އިނގޭތޯ. 'އަދަދު' ނޫހުން ތި ވިދާޅުވީ ތިބޭފުޅުން ހެއްދެވި ވީޑިއޯއެއްގެ ވާހަކަ. ކަނޑައެޅިގެން ދޮގި ވާހަކަ ހިމެނޭ ގޮތަށް ތިބޭފުޅުން ވީޑިއޯއެއް ހެއްދެވި ހެއްދެވުމަށް ތި އިއުތިރާފުވެވަޑައިގެންނެވީ،" ރައީސް ވިދާޅުވި އެވެ.
އަދަދު ޏޫހަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ރައީސް އާއި ގުޅުވާ ދޮގު ރިޕޯޓެއް ހެދި ނޫހެކެވެ. އެކަން ވަނީ މުޅި ރާއްޖެއަށް ހާމަވެގެން ގޮސްފައެވެ.
މީގެ މަހެއްހާ ދުވަސްކުރިން އާންމު ކުރި އެ ވީޑިއޯއަށް ރައީސް ރައްދު ދެއްވި މިއީ ފުރަތަމަ ފަހަރެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
"އަދަދު" ނޫސް އޮފީހަށް ފުލުހުން ވަދެއްޖެ!2026 އޭޕްރީލު 27
އެކާވީސް ދުވަހުން 924 މިލިއަން ޑޮލަރުގެ ދަރަނި މި ސަރުކާރުން ދައްކައިފި2026 އޭޕްރީލު 27
މާލެ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ2026 އޭޕްރީލު 27
މާލޭގެ މޭޔަރަށް ދިން ހަމަލާ، އެންމެ ހަރުކަށި އިބާރާތުން ރައީސް ކުށްވެރިކުރައްވައިފި2026 އޭޕްރީލު 25