
ދޮގު ހަބަރު ފަތުރާތީ ގިނަ ބަޔަކު އަދަދު ނޫސް ބޮއިކޮޓް ކުރަނީ
އަދަދު ނޫހުން ދޮގު ހަބަރު ފަތުރާ މީހުންގެ އަބުރު ކަތިލަމުންދާ ކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އަދަދު ނޫސް ބޮއިކޮޓް ކުރަން ފަށައިފި އެވެ.
ގިނަ އަދަދެއްގެ ބަޔަކު އަދަދު ނޫސް ބޮއިކޮޓް ކުރަން ފަށާފައި މިވަނީ ގާނޫނުލް އުގޫބާތުގެ 612 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށް މީޑިޔާ މަންސައެއްގެ ޒަރީއާއިން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާމެދު ހިންގުމުގެ ކުށުގެ ތަހުގީގު ފުލުހުން ކުރަމުން އަންނަ ދަނިޑަވަޅެއްގައެވެ.
އަދަދުން ރައީސް ބޮލުގައި ދޮގު ތުހުމަތު އެޅުވުމާ ގުޅިގެން މީސްމީޑިއާގެ މަންސަތަކުގައި، ހާއްސަކޮށް އެކްސް އަދި ފޭސްބުކްގައި "ބޮއިކޮޓް އަދަދު" ގެ ނަމުގައި ހޭޝްޓެގް ބޭނުންކޮށްގެން އެތައް ހާސް ބަޔަކު ދަނީ ޝުއޫރު ފާޅުކުރަމުންނެވެ.
ކާކުކަން ނޭނގޭ ގޮތަށް މީހަކު އަރުވައިގެން ރައީސްގެ އިސްތަށިފުޅުގައި އެޅުވި ތުހުމަތާ ގުޅިގެން ޤަޛުފުގެ ކުށުގެ ތުހުމަތުގައި ހިންގަންޖެހޭ ތަހުގީގު ފުލުހުންގެ އިދާރާއިން އަންނަނީ މިހާރު ހިންގަމުންނެވެ.
އެއީ، މިނިވަން ނޫސްވެރިކަމުގެ މިންގަނޑުތަކުގެ ތެރެއިން، އެ އުސޫލުތަކާ ހަމަތަކުގެ ތެރެއިން ހިންގި އަމަލަކާ ގުޅިގެން ހިންގާ ތަހުގީގެއް ނޫނެވެ. އެއީ އިސްލާމީ ޝަރީއަތުގައި ސާފުކޮށް ބަޔާންވެފައިވާ، ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގައި ތަޖުރީމުކޮށް ކުށެއްކަމުގައި ކަނޑައަޅާފައިވާ ކުށެއް ކުރުމުގެ ތުހުމަތުގައި އަދި އެކަމަށް މަގުފަހިކޮށްދިނުމުގެ ތުހުމަތުގައި ހިންގާ ޖިނާއީ ތަހުގީގެކެވެ.
މި މައްސަލައަކީ ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑުތަކާ ގުޅުންހުރި މައްސަލައެއް ނޫނެވެ. މިއީ ގާނޫނުއަސާސީން ރައްކާތެރިކޮށްދީފައިވާ އަބުރާއި ނަން ރައްކާތެރިވެގެންވުމުގެ ހައްގާ ގުޅުންހުރި މައްސަލައެކެވެ.
މި މައްސަލަ އާއި ގުޅިގެން އައްޑޫ މީދޫ އީޝާ އަޝްރަފްގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
"އަދަދު" ނޫސް އޮފީހަށް ފުލުހުން ވަދެއްޖެ!2026 އޭޕްރީލު 27
އަދަދު ނޫހުން ދީނަށް ފުރައްސާރަވާ ގޮތަށް ގެނެސްދިން ކާޓޫނު އެމްޑީޕީން ދިފާޢުކޮށްފި!2026 ޖެނުއަރީ 23
އިސްލާމްދީނަށް ހަޖޫޖަހާ އަދަދު ނޫހުން ކާޓޫން ކުރެހުމުން މީޑިއާތަކުން އެކަން ކުށްވެރިކޮށްފި2026 ޖެނުއަރީ 23
އަދަދު ނޫހުން އިސްލާމްދީނަށް ހަޖޫޖަހާ ކާޓޫނު ކުރަހައިފި 2026 ޖެނުއަރީ 22