އަލިފާނުގެ ހާދިސާގައި ފީއަލީ އައިސްޕްލާންޓު ބޭނުން ނުކުރެވޭވަރަށް އަނދައިފި

އަލިފާނުގެ ހާދިސާގައި ފީއަލީ އައިސްޕްލާންޓު ބޭނުން ނުކުރެވޭވަރަށް އަނދައިފިއެވެ.
ފ.ފީއަލި ބަނދަރުގައި މިއަދު ހިނގި އަލިފަނުގެ ހާދިސާގައި އެރަށު އައިސްޕްލާންޓު ބޭނުން ނުކުރެވޭވަރަށް އަނދާ ހުލިވެފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވުޒާރާއިން ބުނެފިއެވެ.
މިއަދު ހެނދުނު 9:15 ހާއިރު ހިނގި މި ހާދިސާގައި އަލިފާން ރޯވެފައި ވަނީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައެވެ.
އަދި އަލިފާންގަނޑު ފެތުރި ކައިރީގައި އޮތް އިތުރު 3 މަސް ދޯންޏެއްގައިވެސް ރޯވެ އަދައިފައިވެއެވެ.
އެ ވުޒާރާއިން ބުނީ ފީއަލީ އައިސް ޕްލާންޓު ބޭނުން ނުކުރެވޭވަރަށް އަނދާފައިވާއިރު މި އައިސް ޕްލާންޓާއި ރޯވި އުޅަނދާ ދޭތެރޭ ހުރީ 15 ވަރަކަށް ފޫޓް ކަމަށާއި މިއީ 25 ޓަނުގެ އައިސް ޕްލާންޓެއް ކަމަށެވެ.
އަލިފާން ރޯވީ ތެޔޮ ދޯނީގެ ޕަމްޕު ސްޓާޓްކުރަން އުޅުނު ވަގުތު ހުޅު ހިފައިގެންނެވެ.
މި ހާދިސާގައި ތެޔޮ ބޯޓުގައި މަސައްކަތް ކުރާ ބަންގުލަދޭސްގެ ރައްޔިތަކު ވަރަށް ބޮޑަށް ފިހި ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާކަން ފާހަގަކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)
