ބޭސިކް މެރިކަލްޗަރ ތަމްރީނު ކޯހުގެ ދެވަނަ ބުރު ނިންމާލައިފި

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ބޭސިކް މެރިކަލްޗަރ ތަމްރީނު ކޯހުގެ މިއަހަރުގެ ދެވަނަ ބުރު ނިންމާލައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު ވަޒީރު އަޙްމަދު ޝިޔާމްއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ކ. މަނިޔަފުށީ ރިސާޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި މި އޮގަސްޓު މަހުގެ 8 އިން 19 އަށެވެ.
މި ތަމްރީނު ޕްރޮގްރާމްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 8 ބައިވެރިއަކު ވަނީ ބައިވެރިވެފައެވެ.
ވޯލްޑް ބޭންކުގެ އެހީގައި، މަސްވެރިކަމާބެހޭ ވުޒާރާއިން ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ ދަށުން، މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ކުރިއަށްގެންދިޔަ މި ކޯހުގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގައި މެރިކަލްޗަރގެ ސިނާޢަތެއް ޤާއިމުކޮށް ފުޅާކުރުމަށް ބޭނުންވާ ފަންނީ ދިވެހިން ބިނާކުރުން ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ބުންޏެވެ.
ދިވެހިރާއްޖޭގައި މެރިކަލްޗަރގެ ޞިނާޢަތް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމުގެ ގޮތުން، އެ މަސައްކަތަށް ޚާއްޞަކޮށްގެން އިތުރު 10 ސަރަހައްދު ސަރުކާރުން މިހާރު ކަނޑައަޅާފައިވާކަން ފާހަގަކުރެވެއެވެ.
އިތުރަށް
.jpg&w=3840&q=100)




.gif.gif&w=828&q=100)