އަލަށް ޤާއިމުކުރި ސެންޓަރުން ރުކުމަޑި ނައްތާލާ ސޫފި ރަށްތަކަށް ފޯރުކޮށްދެނީ

އަލަށް ޤާއިމުކުރި ސެންޓަރުން ރުކުމަޑި ނައްތާލާ ސޫފި ރަށްތަކަށް ފޯރުކޮށްދޭނެ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ ރުކުމަޑި ނައްތާލާ ސޫފި އަލާކުރާ ސެންޓަރާއެކު މި ބަލި ރާއްޖެއިން ނައްތާލުމުގެ މަގުފަހިވެގެންދާނެ ކަމަށާއި މި މައްސަލަ ހައްލުކުރުމަށް ކުރެވުނު މަސައްކަތް ކާމިޔާބުވެ މިހާރު ރައްޖޭގެ ރަށްތަކަށް ބޭނުންވާ މިންވަރަށް ސޫފި ފޯރުކޮށްދިނުމުގެ ޤާބިލްކަން ހޯދިފައިވާ ކަމަށެވެ.
މި ސަރުކާރުން ކުރި މަސައްކަތުން ވަނީ ޗައިނާ ސަރުކާރުގެ އެހީގައި ދިރާސާކޮށް ކުދި ރުކުމަޑިއަށް ހަމަލާދޭނެ ސުއިތްޕެއް ހޯދާފައެވެ. އަދި މި ސޫފި އާލާކުރުމަށް ހަނިމާދޫގައި ހުންނަ ދަނޑުވެރިކަމާބެހޭ މަރުކަޒުގައި ޕާމް ޕެސްޓް ބަޔޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިންގ ސެންޓަރެއް ހުޅުވައި މިހާރު ވަނީ މަސައްކަތް ފަށާފައެވެ. މި ސެންޓަރު ހުޅުވައިދެއްވީ މި މަހުގެ 6 ވަނަ ދުވަހު، ވަޒީރު ޝިޔާމް ހަނިމާދުއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
ކޮކޮނަޓް ހިސްޕިން ބީޓްލް ނުވަތަ ކުދިރުކުމަޑި ދިވެހިރާއްޖެއިން އެންމެ ފުރަތަމަ ފެނިފައިވަނީ، 1999ވަނަ އަހަރުގެ ޑިސެންބަރު މަހު އަރިއަތޮޅުގެ ރިސޯޓެއްކަމަށްވާ ސަން އައިލެންޑް ރިސޯޓުންނެވެ. މަޑީގެ މި ބާވަތަކީ، ރުއްތަކުގެ ފަންވަތްތައް ހާލާކުކޮށް ރުށްތަކުގެ ހެދިބޮޑުވުމަށް ހުރަސް އަޅާ މަޑީގެ ބާވަތެކެވެ.
މިކާމިޔާބީއާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދއްވަމުން ދަނޑުވެރިކަމާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ކުދި ރުކުމަޑީގެ މައްސަލައަކީ މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލައެއް ކަމަށާއި އަދި މިކަމުގެ ޝަކުވާތައް އެމަނިކުފާނުގެ ވުޒާރާއަށް އެކި ރަށްތަކުން، ޚާއްސަކޮށް ދަނޑުވެރިކަން ކުރާ ރަށްތަކުން ހުށަހަޅާ ކަމަށެވެ.
ރާއްޖޭގެ އެކި ސަރަޙައްދުގެ ރަށްތަކުން މިކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މިމަސައްކަތް އަވަސް ކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއެކު ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރެވުނުކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިމަސައްކަތުގެ ނަތީޖާއަކަށް ވާނީ މި ބަލި ރާއްޖެއިން ނައްތާލެވުންކަން ވަޒީރު ޝިޔާމް ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ކުދި ރުކުމަޑީގެ މައްސަލަ ހައްލުކުރުމަށް ހޯދިފައިވާ ސޫފި ރަށްތަކަށް ފޯރުކޮށްދިނުމުގައި ފުރަތަމަ ފިޔަވަހީގެ ދަށުން ހދ. ނޮޅިވަރަމް ކައުންސިލާއި ބޭސް ހަވާލުކުރެވިފައިވާއިރު މިމައްސަލަ ލިއުމުން ހުށަހަޅާފައިވާ ރަށްތަކަށް އިސްކަން ދީގެން ބަލިޖެހިފައިވާ ރުއްތައް ހުރި ރަށްރަށް ބޭސް ފޯރުކޮށްދޭނެ ކަމަށެވެ.
މީގެއިތުރުން "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް"ގެ ދަށުން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ތަމްރީން ޕްރޮގްރާމެއް މި މަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސްގެ ފަންނީ މާހިރުން ކުރިއަށްގެންދެވި މި ތަމްރީނު ޕްރޮގްރާމުގައި، ވަނީ ޤުދުރަތީ ދިރުންތައް ބޭނުންކޮށްގެން ޕެސްޓް ކޮންޓްރޯލްކުރުމުގެ އުކުޅުތަކާއި، ގަސްގަހާގެއްސަށް ޖެހޭ ބަލިތަކާއި ގެއްލުންދޭ ފަނިފަކުސާ މެނޭޖްކުރާނެ ގޮތްތައް ކިޔަވައިދީފައެވެ.
އިތުރަށް
.jpg&w=3840&q=100)




.gif.gif&w=828&q=100)