ހަނިމާދޫ އެގްރިކަލްޗަރަލް ސެންޓަރުގައި ޕެސްޓް ކޮންޓްރޯލް ތަމްރީނު ޕްރޮގްރާމެއް ފަށައިފި

ހަނިމާދޫ އެގްރިކަލްޗަރަލް ސެންޓަރުގައި ޕެސްޓް ކޮންޓްރޯލް ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވުޒާރާއިން ބުުނީ މި ޕްރޮގްރާމަކީ އެ ވުޒާރާއާއި ޗައިނާ ސަރުކާރު ގުޅިގެން ކުރިއަށްގެންދާ 'މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް' ގެ ދަށުން ބާއްވާ ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ.
މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ދާނީ 2026 އޮގަސްޓް 2 އިން 6 އަށް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައެވެ.
ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސްގެ ފަންނީ މާހިރުން ކުރިއަށްގެންދަވާ މި ތަމްރީނުގައި، ތިއަރީ އަދި ޢަމަލީ ބައިތައް ހިމެނެއެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ޤުދުރަތީ ދިރުންތައް ބޭނުންކޮށްގެން ޕެސްޓް ކޮންޓްރޯލް ކުރާނެ ގޮތްތަކާއި، ގަސްގަހާގެއްސަށް ޖެހޭ ބަލިތަކާއި ގެއްލުންދޭ ފަނިފަކުސަ އިދާރީގޮތުން ކޮންޓްރޯލްކުރުމުގެ އުކުޅުތައް ދަސްކޮށްދިނުން ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާބެހޭ ވުޒާރާއިން ބުންޏެވެ.
ރުއްތަކަށް ބަލިޖައްސާ ސޫފިތައް ނައްތާލުމަށް "ޤުދުރަތީ ހަތުރު" ހަނިމާދޫގައި ދަނީ އާލާކުރަމުންނެވެ. ޗައިނާއާއި މަސްވެރިކަމާއި ދަނޑުވެރިކަމާބެހޭ ވުޒާރާއާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެދަށުން ތަންފީޒުކުރެވެމުންދާ ކޮކޮނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އިން މޯލްޑިވްސް ޕްރޮޖެކްޓުގެދަށުން، ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ޕާމް ޕެސްޓް ބަޔޮލޮޖިކަލް ކޮންޓްރޯލް ޕެރެސިޓޮއިޑް ރިއަރިންގ ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތްތައް ކުރަމުން ދާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
މި ޕްރޮޖެކްޓްގެދަށުން، ޗައިނާގެ ހައިނާން އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސްގެ 3 ޕީއެޗްޑީ މާހިރުން، މިދިޔަ ޖަނަވަރީ މަހުން ފެށިގެން، ހަނިމާދޫގައި "ޕެރަސައިޓިކް ވޯސްޕް" އާލާކުރާނެ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވަނީ މިދިޔަ އޭޕްރީލް މަހު ވިދާޅުވެފައެވެ.
އިތުރަށް





.gif.gif&w=828&q=100)