logologologologo
STO
ޚަބަރު

ޗައިނާގެ ހައިނާން ޔުނިވަސިޓީގެ އިސް ވަފްދެއް ރާއްޖެ ވަޑައިގެންފި

ޗައިނާގެ ހައިނާން ޔުނިވަސިޓީގެ އިސް ވަފްދެއް ރާއްޖެ ވަޑައިގެންފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ސެޕްޓެމްބަރު 20

ޗައިނާގެ ހައިނާން ޔުނިވަސިޓީގެ އިސް ވަފްދެއް ރާއްޖެ ވަޑައިގެންފިއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ބުނީ، އެ ވުޒާރާގެ އިސް ވެރިން ވަނީ ޗައިނާގެ ހައިނާން ޔުނިވަސިޓީގެ ވަފުދާ ބައްދަލުކުރައްވާފައި ކަމަށެވެ.

މި ވަފުދުގެ އިސްބޭފުޅެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަންނަވަނީ އެ ޔުނިވަސިޓީގެ ސުކޫލް އޮފް މެރިން ބަޔޮލޮޖީ އެންޑް ފިޝަރީޒްގެ ވައިސް ޑީން ޕްރޮފެސަރ ލުއޯ ޖިއާންއެވެ.

މި ޒިޔާރަތަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ގާއިމުކުރެވިފައިވާ އާންމު އިސްތިރާޖީ ގުޅުމުގެ ދަށުން ކުރިއަށްދާ ޒިޔާރަތެއް ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ބުންޏެވެ.

މި ޒިޔާރަތުގައި ޓެކްނިކަލް ތަމްރީނު ވޯކްޝޮޕެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ވޯކްޝޮޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 4 ދުވަހުގެ މުއްދަތަށެވެ.

މީގެއިތުރުން، އެ ވުޒަރާގެ މެރިން އަދި އެކުއަކަލްޗަރ ރިސާޗް ސެންޓަރު ގާއިމުކޮށްފައިވާ ކ. މަނިޔަފުށްޓަށްވެސް މި ވަފުދު ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ބުންޏެވެ.

މި ޒިޔާރަތަކީ ދެ ޤައުމުގެ ދެމެދުގައިވާ ގާތް ގުޅުން އިތުރަށް ބަދަހިކޮށް، ޤާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކުރެވޭ މުހިންމު ޒިޔާރަތެއް ކަމަށާއި މި ބައްދަލުވުންތަކުގެ ސަބަބުން ދެފަރާތަށްވެސް ފައިދާހުރި، އުފެއްދުންތެރި ނަތީޖާއެއް ނުކުންނާނެ ކަމަށް އުއްމީދުކުރާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ބުންޏެވެ.

ރާއްޖޭގެ ރުއްތަކަށް ގެއްލުން ދޭ "ކުދި މަޑި" ނައްތާލުމަށް ޗައިނާގެ އެހީގައި، ހަނިމާދޫގައި ވަނީ ކުދި މަޑިއަށް ހަމަލާ ދޭ ސޫތްޕެއް އާލާކޮށް ރާއްޖޭގެ ރަށްތަކަށް ފޯރުކޮށް ދޭން ފަށައިފައެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ ހަނިމާދޫގައި މި ސަރުކާތުން ޤާއިމުކުރި ދަނޑުވެރިކަމާބެހޭ މަރުކަޒުގައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް