logologologologo
STO
ޚަބަރު

ދޫގަސްވިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 41 މީހަކަށްއެހީތެރިކަން ފޯރުކޮށްދީފި

ދޫގަސްވިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 41 މީހަކަށްއެހީތެރިކަން ފޯރުކޮށްދީފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޯގަސްޓު 24

މާލޭގެ މއ. ދޫގަސްވިލާގޭގައި ރޭ ފަތިހުގެ ވަގުތެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލުންވި 41 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ހާމަކޮށްފިއެވެ.

އެންޑީއެމްއޭއިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އަލިފާނުގެ ހާދިސާ ހިނގި މއ. ދޫގަސްވިލާގެ ފަސް ކޮޓަރިއެއްގައި ދިރިއުޅެމުންދިޔަ 15 ބިދޭސީން ވަނީ ރައްކާތެރިކަމާއެކު އެ ސަރަހައްދުން އިވޭކުއޭޓް ކުރެވިފައެވެ. މީގެ އިތުރުން، މި ހާދިސާގެ ސަބަބުން އެގެޔާ އިންވެގެން ހުރި މއ. ދޫގަސް 1 އިމާރާތުގެ ފެނުގެ ޚިދުމަތް މެދުކެނޑުމާ ގުޅިގެން، އެ ތަނުގައި ދިރިއުޅޭ 26 މީހަކަށްވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ 20 ދިވެހިންނާއި 6 ބިދޭސީންނެވެ.

އަލިފާން ރޯވި އިމާރާތާއި އެއާ ޖެހިގެން ހުރި އިމާރާތުން އަސަރުކުރި ޖުމްލަ 41 މީހުންނަށް ބޭނުންވާ ޒަރޫރީ ބޯހިޔާވަހިކަމާއި އެހެނިހެން އެހީތެރިކަން ސަރުކާރުން މިހާރު ވަނީ ފޯރުކޮށްދީފައެވެ. އަދި ހާދިސާގައި އަސަރުކުރި ބިދޭސީންނަށް ބޭނުންވާ އިތުރު އެހީތެރިކަން ހަމަޖެއްސުމަށްޓަކައި އެ މީހުންގެ ސްޕޮންސަރުންނާ ގުޅައި، ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމަށް އެންޑީއެމްއޭއިން ވަނީ އަންގާފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް