logologologologo
STO
ޚަބަރު

ފަރެސްމާތޮޑާ ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް!

ފަރެސްމާތޮޑާ ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް!
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޮކްޓޯބަރު 19

ގދ. ފަރެސްމާތޮޑާ ގެއެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ގެ ބޭނުންނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރެއްވި ގޮތުގައި، މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ ފަތިހު 04:15 އެހައިކަންހާއިރުއެވެ. ރިޕޯޓު ލިބުމާއެކު ފުލުހުން ވަނީ ސީނަށް ގޮސް، ފަރެސްމާތޮޑާ އެއާޕޯޓުގެ ފަޔާ އެންޑް ރެސްކިއު ސާވިސްއާއި ރަށު ކައުންސިލާ ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މި ހާދިސާގައި މީހަކަށް ކުދިކުދި އަނިޔާތަކެއް ލިބުނު ނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ވެފައެއް ނުވެއެވެ.

ފުލުހުންގެ އިބްތިދާއީ ތަހުގީގުން މިހާތަނަށް ބެލެވޭ ގޮތުގައި، އަލިފާން ރޯވާން މެދުވެރިވީ ގޭގެ ކޮޓަރިއެއްގައި ހުރި އޭސީއެއްގައި ރޯވެގެންނެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި، އަލިފާނުގެ ސަބަބުން ގޭގެ އުމްރާނީ ބިނާއަށާއި އެތެރޭގައި ހުރި ހިފާގެންގުޅޭ ތަކެއްޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބި، މުޅި ތަން ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް