ދައުލަތުގެ މައި އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިމާރާތުގެ އިތުރުން ސުޕްރީމް ކޯޓުގައި ހުޅުޖަހައި ރޯކޮށްލުމަށް ސިފައިންގޭގެ ކުރީގެ އޮފިސަރެއް އަދި މި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަން ގޮވާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ޒިހާން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ތަހުގީގުކުރަމުންދާ ކަމަށެވެ. ދައުލަތުގެ ތިން ބާރުގެ އޮފީސް ހިންގާ އިމާރާތްތަކުގައި އަލިފާން ރޯކުރުމަށް ހިތްވަރުދީ ޒިހާން އެ ޕޯސްޓު ކުރުމަށްފަހު، ގަޑިއިރެއްހާއިރު ފަހުން ވަނީ އެ ޕޯސްޓު ޑިލީޓްކޮށްލާފައެވެ.

އެމެރިކާގެ ނޭވަލް އެކެޑެމީން ތައުލީމު ހާސިލުކޮށްފައިވާ ޒިހާން ވަނީ ކުރީގެ ސަރުކާރުގެ ފަހުކޮޅު ސިފައިންގެ ޚިދުމަތުން ވަކިކޮށްފައެވެ. އަދި މި ސަރުކާރުގެ ކުރީކޮޅު ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ލިބުނު ނަމަވެސް، ފަހުން އެ މަގާމުން ވަކިކުރުމާ ގުޅިގެން އޭނާ ދަނީ ސޯޝަލް މީޑިއާގައި ސަރުކާރަށް ބަހުގެ ހޫނު ހަމަލާތައް އަމާޒުކުރަމުންނެވެ.
އިތުރަށް





.gif.gif&w=828&q=100)