ޚަބަރު
42 ފުޅި ބަނގުރަލާއެކު މާފުށިން ޒުވާނަކު ހައްޔަރުކޮށްފި

މުހައްމަދު ރިފާއު2026 އޮކްޓޯބަރު 19
ބަނގުރަލުގެ ވިޔަފާރި ކުރަމުންދާކަމުގެ މައްސަލައެއްގައި މާފުށިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސަމޭދާން / ނަބީހު ޢަބްދުއްރަޝީދު (23އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މަހު 16 ވަނަ ދުވަހު ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ.
އެމީހާ ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މާފުށީ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މާފުށީގައި އޭނާ ދިރިއުޅެމުންދިޔަ ގެ ބަލައިފާސްކުރިއިރު 42 ފުޅި ބަނގުރާ ފެނިފައިވުމާ ގުޅިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަށް ދުވަހަށް ބަންދުގައި ބެހެއްޓުމަށްވަނީ އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އިތުރަށް

ތަންތަނަށް ގެއްލުން ދީ ހުޅުޖަހަން ގޮވާލި މީހަކު ހައްޔަރުކޮށްފި
22 އޮކްޓޯބަރު 2026

ދައުލަތުގެ އިމާރާތްތަކެއްގައި ހުޅުޖަހަން ގޮވާލި ޛިހާން 15 ދުވަހަށް ބަންދުކޮށްފި
21 އޮކްޓޯބަރު 2026

ފުވައްމުލަކަށް ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏަކަށް ދިޔަވާތީ ފުލުހުން ޙަރަކާތްތެރިވަނީ
21 އޮކްޓޯބަރު 2026

ދައުލަތުގެ މައި އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20 އޮކްޓޯބަރު 2026

.gif.gif&w=828&q=100)