logologologologo
STO
ޚަބަރު

ފުވައްމުލަކަށް ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏަކަށް ދިޔަވާތީ ފުލުހުން ޙަރަކާތްތެރިވަނީ

ފުވައްމުލަކަށް ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏަކަށް ދިޔަވާތީ ފުލުހުން ޙަރަކާތްތެރިވަނީ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޮކްޓޯބަރު 21

ފުވައްމުލަކަށް ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏަކަށް ދިޔަވާތީ ފުލުހުން ޙަރަކާތްތެރިވާން ފަށައިފިއެވެ.

ޤައުމީ ދިފާޢީ ބާރު، އެމްއެންޑީއެފުން ބުނީ ފުވައްމުލައް ސިޓީއަށް ދަތުރުކުރަމުންދިޔަ "ރާސްތާ" ނަމަކަށް ކިޔާ މުދާ އުފުލާ ސަޕްލައި ދޯންޏެއް، އެ ރަށާ ގާތްގަނޑަކަށް 12 ނޯޓިކަލް މޭލު ބޭރުން ދިޔަވަމުންދާ ކަމުގެ މަޢުލޫމާތު ލިބިގެން ފުލުހުން ދަނީ ހަރަކާތްތެރި ވަމުން ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ގެ މެންދުރުފަހު 15:08 ހާއިރު ކަމަށެވެ.

މި ދޯނިން ހަތަރު ދިވެހިންނާއި ބިދޭސީއަކާއެކު ޖުމްލަ ފަސް މީހުންނާއެކު ދަތުރުކުރަމުންދިޔަ ކަމަށް އެ އިދާރާއިން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ މި އުޅަނދަށާއި، އުޅަނދުގައި ތިބި މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުން އަންނަ ކަމަށެވެ.

 

View post on Twitter

 

މި ހާދިސާ ހިނގާފައިވާއިރު، ފުވައްމުލައް ހިމެނޭ ސަރަހައްދަށް މޫސުން ގޯސްވެ، މިއަދުގެ ހަވީރު 4:30 އާއި ހަމައަށް ރީނދޫ ސަމާޅު ނެރެފައިވާ ކަން ފާހަގަ ކުރެވެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް