ޚަބަރު
ތަންތަނަށް ގެއްލުން ދީ ހުޅުޖަހަން ގޮވާލި މީހަކު ހައްޔަރުކޮށްފި

ޒައުޖަތު އަޙުމަދު2026 އޮކްޓޯބަރު 22
ތަންތަނަށް ގެއްލުންދޭން ހިތްވަރުދީ އެކަމަށް ގޮވާލި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މީހަކު ޙައްޔަރުކޮށްފައިވަނީ ދިވެހިރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ފިހާރައެއް ލޫޓުވުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިތްވަރުދީ ގޮވާލި މައްސަލައިގެ ތުޙުމަތުގައިކަމަށެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިިވަނީ، ހއ. ބާރަށް، ކުއްޅަވައްގޭ، އުމުރުން 25 އަހަރުގެ ޢަލީ ޖުމާންއެވެ.
ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.
ދައުލަތުގެ ތިން ބާރުގެ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި މައްސަލައެއްގައި މިމަހުގެ 20 ވަނަ ދުވަހު، ފުވައްމުލަކުން ހައްޔަރުކުރި މީހެއްގެ ބަންދަން 15 ދުވަސް އިތުރުކޮށްފައިވާ ކަން ފާހަގަ ކުރެވެއެވެ.
އިތުރަށް

ދައުލަތުގެ އިމާރާތްތަކެއްގައި ހުޅުޖަހަން ގޮވާލި ޛިހާން 15 ދުވަހަށް ބަންދުކޮށްފި
21 އޮކްޓޯބަރު 2026

ފުވައްމުލަކަށް ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏަކަށް ދިޔަވާތީ ފުލުހުން ޙަރަކާތްތެރިވަނީ
21 އޮކްޓޯބަރު 2026

ދައުލަތުގެ މައި އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20 އޮކްޓޯބަރު 2026

42 ފުޅި ބަނގުރަލާއެކު މާފުށިން ޒުވާނަކު ހައްޔަރުކޮށްފި
19 އޮކްޓޯބަރު 2026

.gif.gif&w=828&q=100)