logologologologo
STO
ޚަބަރު

ދައުލަތުގެ އިމާރާތްތަކެއްގައި ހުޅުޖަހަން ގޮވާލި ޛިހާން 15 ދުވަހަށް ބަންދުކޮށްފި

ދައުލަތުގެ އިމާރާތްތަކެއްގައި ހުޅުޖަހަން ގޮވާލި ޛިހާން 15 ދުވަހަށް ބަންދުކޮށްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޮކްޓޯބަރު 21

ދައުލަތުގެ ތިން ބާރުގެ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި މައްސަލާގައި ހައްޔަރުކުރި ޛިހާންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ފުވައްމުލައް، ދަޑިމަގު، އަނޯނާގެ، ހަސަން ޛިހާން ނަމަކަށް ކިޔާ މީހެކެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައިގައި އޭނާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލަކުން ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ދައުލަތުގެ 3 ބާރުގެ އޮފީސް ހިންގާ އިމާރާތްތަކުގައި އަލިފާން ރޯނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދައި ޛިހާން ސޯޝަލް މީޑިއާގައި ޕޯސްޓުކުރުމަށްފަހު، ވަހުން ވަނީ އެ ޕޯސްޓް ޑިލިޓްކޮށްފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް