ބޮޑު ސަރަހައްދަކަށް ނެރުނު ހުދު ސަމާލު ރީނދޫ ސަމާލަށް ބަދަލުކޮށްފި

ރާއްޖޭގެ އުތުރުގެ އަތޮޅުތައް ހިމެނޭހެން ބޮޑު ސަރަހައްދަކަށް ނެރުނު ހުދު ސަމާލު ރީނދޫ ސަމާލަށް ބަދަލުކޮށްފިއެވެ.
މޫސުން ގޯސްވެ މިވަގުތު ރީނދޫ ސަމާލު ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން މ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް މިއަދުގެ 3:00 ން ފެށިގެން އިރުއޮއްސި 7 ޖެހުމާއި ހަމައަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވަނީ މި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކޮށްފައެވެ.
މެޓް އޮފީހުން ބުނީ މި ސަރަހައްދުތަކަށް ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން މީގެކުރިން މިއަދު ވަނީ ހއ. އަތޮޫޅުން ފެށިގެން ވ. އަތޮޅު ހިމެނޭ ސަރަހައްދަށް، މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައެވެ.
މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރާގައި ރެއިން ފެށިގެން ވާރޭ ވެހި ކުޅުދުއްފުއްޓާއި ނޮޅިވަރަންފަރު އަދި ޅ. ނައިފަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން މިއަދު ވަނީ ބުނެފައެވެ.
އެންޑީއެމްއޭއިން ބުނީ، މި ރަށްތަކުގެ ޙާލަތު އެ އޮތޯރިޓީން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް، ރަށު ކައުންސިލްތަކާ ގުޅިގެން އެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.
ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީއާއި އަދި މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއާއި ކަމާއިބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.
އިތުރަށް





.gif.gif&w=828&q=100)