logologologologo
STO
ޚަބަރު

ރާއްޖޭގެ ހުޅަނގުގައި ބޯ ވިއްސާރަ ވިލާތައް، ކުރިއަށް އޮތް ތިން ދުވަހު ވެސް މޫސުން ގޯސްވާނެ

ރާއްޖޭގެ ހުޅަނގުގައި ބޯ ވިއްސާރަ ވިލާތައް، ކުރިއަށް އޮތް ތިން ދުވަހު ވެސް މޫސުން ގޯސްވާނެ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޮކްޓޯބަރު 21

ކުރިއަށް އޮތް ތިން ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް މުސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން މިރޭ ބުނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ޢަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން ރާއްޖޭގެ ހުޅަނގުގައި އުފެދިފައިވާ ބޯ ވިއްސާރަ ވިލާތައް އަތޮޅުތަކުގެ މައްޗަށް އަރަމުންދާ ކަމަށެވެ.

އެ އިދާރާއިން ބުނީ މިކަމުގެ ސަބަބުން ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 3 ދުވަހު، ޚާއްޞަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ބޯކޮށް ވާރޭ ވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން މިރޭ ވަނީ މާލެ އަތޮޅުން ފެށިގެން ވ. އަތޮލާއި ހަމައަށް އޮރެންޖް އިންޒާރު ނެރެފައެވެ. އޮރެންޖް އިންޒާރު ވަނީ މިރޭ 10:30 އާއި ހަމައަށެވެ.

މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުން، ޚާއްޞަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު އަދާހަމަ ކުރުމަށާއި މޫސުމަށް ސަމާލުވުމަށް އެދިފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް