logologologologo
STO
ޚަބަރު

މާލެއަށް ބޯކޮށް ވާރޭވެހި 33 ގެއަކަށް ފެންވަދެގެން އެހީތެރިކަމަށް އެދުނު!

މާލެއަށް ބޯކޮށް ވާރޭވެހި 33 ގެއަކަށް ފެންވަދެގެން އެހީތެރިކަމަށް އެދުނު!
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޮކްޓޯބަރު 22

މާލެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ، 33 ގެއަކަށް ފެންވަދެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވެއްޖެއެވެ.

އެންޑީއެމްއޭއިން ހާމަކުރެއްވި ގוތުގައި، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކުރި ވިއްސާރައިގައި ގެތަކުގެ އިތުރުން ސަރުކާރުގެ 5 އިމާރާތަކާއި، 4 ސްކޫލާއި، ކޮންސްޓްރަކްޝަން ސައިޓަކާއި، 6 ކެފޭގެ އިތުރުން 2 ކްލިނިކަށާއި، 2 ގުދަނާއި، 1 އޮފީސް އިމާރާތަށް ފެންވަދެގެން ވަނީ ރިޕޯޓުކޮށްފައެވެ. އަދި ބައެއް ސަރަހައްދުތަކުން ނަޖިސް ލީކުވުމުގެ މައްސަލަތައްވެސް ފާހަގަކުރެވިފައިވާ ކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.

ފެންވަދެގެން ރިޕޯޓުކުރި ގޭބީސީތަކަށް ލިބުނު ގެއްލުން ކުޑަކުރުމަށްޓަކައި، ކަމާގުޅުންހުރި އިދާރާތައް ގުޅިގެން ވަނީ ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކޮށްފައެވެ. މީގެއިތުރުން، ފެން ހިންދުމުގެ މަސައްކަތް ކުރުމަށް މާލޭގެ 10 ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ވަނީ ހަރަކާތްތެރިވެފައެވެ. މި މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސް، ފުލުހުން، ރެޑް ކްރެސެންޓް، މާލެ ސިޓީ ކައުންސިލް، އެމްޓީސީސީ އަދި އެޗްޑީސީން ވަނީ ގުޅިގެން ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން މައުލޫމާތު ދިން ގޮތުގައި، ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ގއ. ގެމަނަފުއްޓަށެވެ (101.8 މިލިމީޓަރު). އަދި ހުޅުލެއަށް 90.3 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، މާލެއަށް ވަނީ 90 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް