logologologologo
STO
ޚަބަރު

އެލްނީނޯގެ ނޭދެވޭ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރާނެކަމަށް ލަފާކުރެވޭ: އެންޑީއެމްއޭ

އެލްނީނޯގެ ނޭދެވޭ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރާނެކަމަށް ލަފާކުރެވޭ: އެންޑީއެމްއޭ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ސެޕްޓެމްބަރު 09

އެލްނީނޯގެ ނޭދެވޭ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރާނެކަމަށް ލަފާކުރެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ ރާވައި ތައްޔާރުވުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން އެދިއްޖެއެވެ.

އެންޑީއެމްއޭއިން ބުނީ ޕެސިފިކް ކަނޑުގައި އުފެދިފައިވާ "އެލް ނީނޯ" ގެ ބާރު އިތުރަށް ގަދަވަމުންދާއިރު، މީގެ ނޭދެވޭ އަސަރު ދިވެހިރާއްޖެއަށް ވެސް ވަރަށް ބޮޑަށް ކުރާނެކަމަށް ވަނީ ލަފާކުރެވިފައިވާ ކަމަށެވެ.

"އެހެންކަމުން، ހުރިހާ ދާއިރާތަކަކުން ވެސް މިކަމުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ ރާވައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެކެވެ." އެންޑީއެމްއޭއިން ބުންޏެވެ.

މިކަމާއި ގުޅިގެން މިގޮތުން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ މުހިންމު ކަންކަން އެ އިދާރާއިން ފާހަގަ ކޮށްފައިވާއިރު، އޭގެތެރޭގައި ކުރިމަތިވެދާނެ ނުރައްކާތަކާއި އަސަރުތައް ދެނެގަތުން، ޒަރޫރީ ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށްޓަކައި ވިޔަފާރިތަކުންނާއި މުއައްސަސާތަކުން 'ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން' އެކުލަވައިލުމާއި މުރާޖަޢާކުރުން އަދި މުދަލާއި ޚިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުން ހިމެނެއެވެ.

މީގެއިތުރުން، މޫސުމީ ލަފާކުރުންތަކުގެ މައްޗަށް ބިނާކޮށް، ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ވެސް ސަމާލުކަން ދޭންޖެހޭ ކަންކަމުގެތެރޭގައި ހިމެނެއެވެ.

އެ އިދާރާއިން ބުނީ ޔޫ.އެން.ޑީ.އާރް.އާރް އިން މިހާރު ވަނީ ބޮޑެތި ކުންފުނިތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޢަމަލީ ގޮތުން ތަންފީޒުކުރެވިދާނެ މުހިންމު ކަންތައްތަކެއް ހިމެނޭ އުޞޫލުތަކެއް އެކުލަވާލައި ޢާންމުކޮށްފައި ކަމަށެވެ.

ހީޓް ސްޓްރެސް ނުވަތަ ހޫނުގަދަވުމުގެ ސަބަބުން ހަށިގަނޑަށް ކުރާ ނޭދެވޭ އަސަރު ކުރިމަތިވަނީ، އިންސާނާގެ ހަށިގަނޑުގެ ފިނިހޫނުމިން ކޮންޓްރޯލްކުރުމަށް ހަށިގަނޑަށް ލިބިފައިވާ ޤާބިލުކަމަށްވުރެ ހޫނުމިން މަތިވުމުންނެވެ.

މީގެ ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ އެތެރޭގެ ފިނިހޫނުމިން މަތިވެ، ހޫނުގަދަވުމާ ގުޅުންހުރި އެކި ކަހަލަ ބަލިތައް މެދުވެރިކުރުވައެވެ. ގިނަ ފަހަރަށް މިކަން ދިމާވަނީ، ވަކި ސަރަޙައްދެއްގައި އަދި އަހަރުގެ ވަކި ދުވަސްވަރެއްގައި އާންމުކޮށް ހުންނަ މޫސުމީ މިންގަނޑުތަކަށްވުރެ އާދަޔާޚިލާފަށް ފިނިހޫނުމިން މަތިވެ، އެ ޙާލަތު އެތައް ދުވަހަކަށް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ދެމިގެންދިއުމުންނެވެ.

 

View post on Twitter

 

މިކަމުގެ ސަބަބުން، ޚާއްޞަކޮށް ނާޒުކު ގިންތިތަކަށް ޞިއްޙީ ގޮތުން ބޮޑެތި ނުރައްކާތަކާ ކުރިމަތިވާ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

އެލްނީނޯއަކީ ކަނޑުގެ ލޮނުގަނޑު އާދަޔާޚިލާފަށް ހޫނުވުމުގެ ސަބަބުން ދުނިޔޭގެ މޫސުމަށް އަންނަ ބަދަލެކެވެ. މިއީ ކޮންމެ 2 ނުވަތަ 7 އަހަރަކުން އެއްފަހަރު ވަގުތީގޮތުން ހިނގާ މޫސުމީ ބަދަލެކެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް