logologologologo
STO
ޚަބަރު

ޕެސިފިކް ކަނޑުގައި "އެލްނީނޯ" ގެ ބާރު ދަނީ ގަދަވަމުން، ރާއްޖެއަށް އަސަރުކުރާނެ: މެޓް އޮފީސް

ޕެސިފިކް ކަނޑުގައި "އެލްނީނޯ" ގެ ބާރު ދަނީ ގަދަވަމުން، ރާއްޖެއަށް އަސަރުކުރާނެ: މެޓް އޮފީސް
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޯގަސްޓު 28

ޕެސިފިކް ކަނޑުގައި "އެލްނީނޯ" ގެ ބާރު ދަނީ ގަދަވަމުން ކަމަށާއި ރާއްޖެއަށް އަސަރުކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ އެންމެ ފަހުގެ ޑޭޓާއިން ދައްކާ ގޮތުގައި އިރުމަތީ އިކުއެޓޯރިއަލް ޕެސިފިކް ސަރަހައްދުގެ ކަނޑުގެ މަތީ ފަށަލައިގެ ހޫނުމިން ވަނީ އާންމު މިންވަރަށްވުރެ 2.0 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ގޮސްފައި ކަމަށެވެ.

އެ އިދާރާއިން ބުނީ ނީނޯ 3.4 އިންޑެކްސްއަށް ބަލާއިރު، އޮގަސްޓް މަހުގެ މެދުތެރޭގައި މި މިންގަނޑު ވަނީ 1.8 ޑިގްރީ ސެލްސިއަސްއަށް އުފުލިފައި ކަމަށާއި އަދި ނީނޯގެ އެހެން ސަރަހައްދުތަކުން ވެސް ފެންނަނީ ހޫނުމިން ވަރަށް ބޮޑަށް މަތިވަމުންދާ ތަން ކަމަށެވެ.

"ކަނޑާއި ޖައްވުގެ ހާލަތުން ވެސް މިހާރު އަންގައިދެނީ އެލްނީނޯގެ އަސަރުތަކެވެ. ކްލައިމެޓް ޕްރެޑިކްޝަން ސެންޓަރު (ސ.ީ ޕ.ީ ސީ)އިން ލަފާކުރާ ގޮތުގައި 2026 ވަނަ އަހަރުގެ ނިޔަލަށް އެލްނީނޯގެ ބާރުގަދަވަމުން ދާނެއެވެ. އެލްނީނޯގެ ހާލަތު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ދަނީ ވަރަށް ގާތުން ބަލަމުންނެވެ." މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ބުނީ އެލްނީނޯގެ ސަބަބުން ދިވެހިރާއްޖެއަށް ކުރާ މައިގަނޑު އަސަރުތަކުގެ ތެރޭގައި، ކަނޑުގެ ލޮނުގަނޑު އާދަޔާޚިލާފަށް ހޫނުވުމުގެ ސަބަބުން ފަރުތަކުގެ ދިރުމަށް ކުރިމަތިވާ ނުރައްކާތައް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ވާރޭވެހޭ މިންވަރަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތަކާއި ކަނޑުގެ އޮއިވަރާއި ހާލަތަށް އަންނަ ބަދަލުތަކުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވާ ގޮންޖެހުންތައް ހިމެނޭ ކަމަށް އެ އިދާރާއިން ބުންޏެވެ.

 

View post on Twitter

 

މެޓް އޮފީހުން ބުނީ މި ކަންކަމުން ހާމަވަނީ މޫސުމީ ބަދަލުތަކުގެ ކުރިމަތީގައި ރާއްޖެ އޮތް ނާޒުކު މިންވަރު ކަމަށާއި ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަން ފަދަ މުހިންމު ދާއިރާތަކުން މިފަދަ ބަދަލުތަކަށް ދުރާލާ ތައްޔާރުވެފައި އޮތުމުގެ މުހިންމުކަން މި ކަންކަމުން ދޭހަކޮށްދޭ ކަމަށެވެ .

އެލްނީނޯއަކީ ކަނޑުގެ ލޮނުގަނޑު އާދަޔާޚިލާފަށް ހޫނުވުމުގެ ސަބަބުން ދުނިޔޭގެ މޫސުމަށް އަންނަ ބަދަލެކެވެ. މިއީ ކޮންމެ 2 ނުވަތަ 7 އަހަރަކުން އެއްފަހަރު ވަގުތީގޮތުން ހިނގާ މޫސުމީ ބަދަލެކެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް