އެންމެ ދެކުނުގެ އަތޮޅުތަކަށް ނެރުނު އޮރެންޖް އިންޒާރު ރީނދޫ ސަމާލަށް ދަށްކޮށްފި

މޫސުން ގޯސްވެ، ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކަށް ނެރުނު އޮރެންޖް އިންޒާރު ރީނދޫ ސަމާލަށް ދަށްކޮށްފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން މިއަދު އޮރެންޖް އިންޒާރު ނެރެފައިވަނީ ފުވައްމުލަކު ސިޓީއަށާއި އައްޑޫ ސިޓީއަށެވެ. މި އިންޒާރު ނެރެފައިވަނީ މިއަދުގެ މެންދުރުފަހު 1:30 އާއި ހަމައަށެވެ.
މެޓް އޮފީހުން މިވަގުތު ރީނދޫ ސަމާލު ނެރެފައިވަނީ ހުވަދު އަތޮޅާއި ފުވައްމުލައް އަދި އައްޑޫ ސިޓީއަށެވެ. އެ އިދާރާއިން ވަނީ މިއަދުގެ މެންދުރުފަހު 2:00 ން އިރު އޮއްސި 6:00 އާއި ހަމައަށް އެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކޮށްފައެވެ.
އެ އިދާރާއިން ބުނީ މި ސަރަހައްދުތަކުގެ ކަނޑުތައް ގަދަވެ ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މީގެއިތުރުން ބ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް، މިއަދުގެ އިރު އޮއްސި 6:00 އާއި ހަމައަށް ހުދު ސަމާލު ނެރެފައިވާ ކަން ވެސް ފާހަގަކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)