ޚަބަރު
ދެކުނުގެ 3 އަތޮޅަކަށް ރީނދޫ ސަމާލު ނެރެފި

ޒައުޖަތު އަޙުމަދު2026 އޯގަސްޓު 21
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ދެކުނުގެ 3 އަތޮޅަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައި ވަނީ ލ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ހަމައަށެވެ.
ރީނދޫ ސަމާލު ނެރެފައި ވަނީ މިއަދުގެ މެންދުރުފަހު 3:00 ން މިއަދުގެ އިރުއޮއްސި 6:00 އާއި ހަމައަށެވެ.
އެ އިދާރާއިން ބުނީ އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ކުރިން ވަނީ މިއަދުގެ ހަވީރު 5:00 އާއި ހަމައަށް ގއ އަދި ގދ. އަތޮޅަށް ބޯކޮށް ވާރޭ ވެހި ވިލާގަނޑުގައި 35 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާޅު ނެރެފައިކަން ފާހަގަ ކުރެވެއެވެ.
އިތުރަށް

އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް ފެންވަދެ، އެކިވަރުގެ ގެއްލުންތައް ލިބިއްޖެ
12 ސެޕްޓެމްބަރު 2026

އެންމެ ދެކުނުގެ އަތޮޅުތަކަށް ނެރުނު އޮރެންޖް އިންޒާރު ރީނދޫ ސަމާލަށް ދަށްކޮށްފި
11 ސެޕްޓެމްބަރު 2026

ޕެސިފިކް ކަނޑުގައި "އެލްނީނޯ" ގެ ބާރު ދަނީ ގަދަވަމުން، ރާއްޖެއަށް އަސަރުކުރާނެ: މެޓް އޮފީސް
28 އޯގަސްޓު 2026

ވިއްސާރައިގެ ސަބަބުން ބައެއް ރަށްތަކަށް ގެއްލުންވެއްޖެ
1 އޯގަސްޓު 2026

.gif.gif&w=828&q=100)