logologologologo
STO
ޚަބަރު

ވިއްސާރައިގެ ސަބަބުން ބައެއް ރަށްތަކަށް ގެއްލުންވެއްޖެ

ވިއްސާރައިގެ ސަބަބުން ބައެއް ރަށްތަކަށް ގެއްލުންވެއްޖެ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޯގަސްޓު 01

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ވައިގަދަވުމުގެ ސަބަބުންނާއި އުދައެރުމުގެ ސަބަބުން އެކި ސަރަހައްދުތަކަށް ގެއްލުންތަކެއް ލިބިފައިވާކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނީ ރޭގެ ވަގުތެއްގައި އައްޑޫ ސިޓީ ފޭދޫގެ ގެއެއްގެ ފުރާޅުން ބައެއް އެއްލާލުމާއި، ބަނބުކެޔޮ ގަހެއް ވެއްޓި ބަދިގެއެއްގެ ފުރާޅަށް ގެއްލުންވުމާ ގުޅިގެން، ޖުމްލަ ދެ ގެއަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

މި ހާދިސާތަކާ ގުޅިގެން އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި އެގޮތުން، އެމް.އެން.ޑީ.އެފްގެ އެހީތެރިކަމާއެކު ފުރާޅު މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ކައުންސިލް މެދުވެރިކޮށް އެ އާއިލާތަކަށް ބޭނުންވާ އިތުރު އެހީތެރިކަން ދެނެގަނެ، އެ މަސައްކަތްތައް ވެސް ކުރެވެމުން ދާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

މީގެ އިތުރުން، އިއްޔެ ދ. ރިނބިދޫއަށާއި ލ. އިސްދޫއަށް އުދައިގެ އަސަރު ކޮށްފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

އެގޮތުން ރިނބިދޫގެ ބައެއް ސަރަހައްދުތަކަށް އާދަޔާ ޚިލާފަށް އުދައެރުމާ ގުޅިގެން، ރަށުގެ މުއައްސަސާތަކާއި އާންމު ރައްޔިތުން ގުޅިގެން ގެތަކަށާއި މަގުތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި ހަމައެހެންމެ، ލ. އިސްދޫގެ ބަނދަރު ސަރަހައްދަށް ވެސް އުދައިގެ އަސަރު ކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

 

View post on Twitter

 

މިހާރު ރާއްޖެއަށް ކުރަމުން ދާ ވިއްސާރާގައި، މިރޭގެ 7:00އާއި ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭ ވެހި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް