logologologologo
STO
ޚަބަރު

ފީއަލީ އަލިފާން- ތެޔޮ ދޯނީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްނުވެ އިތުރަށް އަނދަނީ!

ފީއަލީ އަލިފާން-  ތެޔޮ ދޯނީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްނުވެ އިތުރަށް އަނދަނީ!
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޭޕްރީލު 09

ފީއަލީ ބަނދަރުގައި އޮތް ތެޔޮ ދޯނީގައި ރޯވި އަލިފާން ކޮންޓްރޯލްނުވެ އިތުރަށް އަނދަމުން އަންނަ ކަމަށް އެރަށުން މަޢުލޫމާތު ލިބިއްޖެއެވެ.

ފީއަލީގެ ހަތަރު ދޯންޏެއްގައި ރޯވި އަލިފާން ކޮންޓްރޯލް ނުވެ އިތުރަށް ފެތުރެމުންދާ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހުން ބުނެފިއެވެ.

އަލިފާންގަނޑު ފެތުރި ބަނދަރު ކައިރީގައި ހުރި ފީއަލީ އައިސް ޕްލާންޓުގައި ވެސް ރޯވެފައިވާ ކަމަށް އެރަށު މީހުން ބުންޏެވެ.  މީގެއިތުރުން އެ ސަރަހައްދުގައި ހުރި ފިއުލް ޝެޑަށް ވެސް އަލިފާނުގެ އަސަރުކޮށް، އެތަނުގެ ބައެއް ތަންތަނުގައި ރޯވެފައިވާ ކަމަށް ފުލުހުން ދެންމެ ވަނީ ބުނެފައެވެ.

ފީއަލީ ބަނދަރުގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި ރޯވެގެން ހިނގި މި ހާދިސާގައި ފުލުހުންނާއި އާއްމުން ގުޅިގެން އަލިފާންގަނޑު ކޮންޓްރޯލް ކުރަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ތެޔޮ ދޯނީގައި އަލިފާން ރޯވެ، އަލިފާންގަނޑު ފެތުރި ކައިރީގައި އޮތް އިތުރުން ތިން ދޯންޏެއްގައި ވެސް ރޯވެ އަނދާފައިވެއެވެ. 

 

 

މި ހާދިސާގައި ތެޔޮ ދޯނީގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މީހަކު ވަރަށް ބޮޑަށް ފިހިގެން މިހާރު އަންނަނީ ސިއްހީ މަރުކަޒުގައި ފަރުވާދެމުންނެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އަލިފާން ރޯވެގެން ހެނދުނު 9:15 ހާއިރު އެ އިދާރާއަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. 

އެމްއެންޑީއެފުން ބުނީ، އަލިފާން ނިއްވަން ފ. ނިލަންދޫ ފަޔާ ސްޓޭޝަންގެ ފަޔާމަނުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. 

MALDIVE GASAllied Insurance
އިތުރަށް