ޚަބަރު
ދޫނިދޫ ކައިރިން ދަތުރު ކުރަމުންދިޔަ މަސްދޯންޏެއްގައި އަލިފާން ރޯވެއްޖެ

ޒައުޖަތު އަޙުމަދު2026 ފެބްރުއަރީ 14
މާލެއަތޮޅު ދޫނިދޫ ކައިރިން ދަތުރު ކުރަމުންދިޔަ މަސްދޯންޏެއްގައި އަލިފާން ރޯވެގެން ސިފައިން ޙަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ 15 މީހުންނާ އެކު ކ.ދޫނިދޫ ކައިރިން ދަތުރުކުރަމުންދިޔަ މަސް ދޯންޏެއްގައި އަލިފާން ރޯވެގެން ސިފައިން ޙަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަމުން އަންނަނީ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ އަލިފާން ރޯވި "ޕްރެޝް ފްރޮމް ދަ ސީ" ނަމަކަށް ކިޔާ ދޯނީގައި 15 މީހުން ތިބި ކަމަށާއި، އެ ހާދިސާގައި އަނިޔާވި މީހުން މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި ހާދިސާގައި މީހުނަށް ލިބުނު އަނިޔާއާއި އިތުރު ތަފްސީލު ކަމާބެހޭ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
އިތުރަށް

ކުޑަކުދިންތަކަކަށް ޖިންސީގޯނާކުރި މީހަކު 15 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފި12 މޭ 2026 ، 08:16

ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ރޯވެ އަނދަނީ!9 މޭ 2026 ، 12:44

ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި5 މޭ 2026 ، 08:38

"އަދަދު" ނޫސް އޮފީހަށް ފުލުހުން ވަދެއްޖެ!27 އޭޕްރީލު 2026 ، 15:59

.gif.gif&w=828&q=100)
