logo
logo
ފުވައްމުލަކަށް ނިސްބަތްވާ މީހަކު ގެއްލިގެން ހޯދަންފަށައިފި

ފުވައްމުލަކަށް ނިސްބަތްވާ މީހަކު ގެއްލިގެން ހޯދަންފަށައިފި

2026 ޖެނުއަރީ 27
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ފުވައްމުލަކަށް ނިސްބަތްވާ މީހަކު ގެއްލިގެން ހޯދަންފަށައިފިއެވެ.

ގެއްލިގެން ހޯދަމުން އަންނަނީ ޢަބްދުލްޢަޒީޒު މުޙައްމަދު (64އ) ދޫޑިގަން. ދުންފިނިގެ / ޏ.ފުވައްމުލަކެވެ.

ފުލުހުންގެ އިދާރާއިން ބުނީ އޭނާ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށެވެ.

ފުލުހުން ބުނީ ޢަބްދުލްޢަޒީޒު މުޙައްމަދު މަސައްކަތްކުރަނީ މުދާ އުފުލާ ދޯނިފަހަރުގައި ކަމާއި އޭނާގެ ޚަބަރެއް އާއިލާއަށް އެންމެ ފަހުން ވެފައިވަނީ 2025 ސެޕްޓެމްބަރު 3 ވަނަ ދުވަހު ފޯނުން ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ޢަބްދުލްޢަޒީޒު މުޙައްމަދު އާއިލާގެ މީހަކަށް އެންމެ ފަހުން ފެނިފައިވަނީ 2025 ނޮވެމްބަރު މަސްތެރޭގައި އައިޖީއެމްއެޗް ކައިރިން ކަމަށް ވެސް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޢަބްދުލްޢަޒީޒު މުޙައްމަދު ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން، ކަމާބެހޭ އެންމެހައި ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް، އޭނާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ނުވަތަ އުޅޭތަނެއް ދެނެގަނެވިފައި ނުވާ ކަމަށެވެ.

ޢަބްދުލްޢަޒީޒު މުޙައްމަދުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 3322111 އަށް ނުވަތަ ފުވައްމުލައް ޕޮލިސް ސްޓޭޝަން ނަންބަރު 9792803 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުންގެ އިދާރާއިން ވަނީ އެދިފައެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް