logologologologo
STO
ޚަބަރު

ޑޮލަރުގެ ވަގު ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި

ޑޮލަރުގެ ވަގު ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޯގަސްޓު 31

ޑޮލަރުގެ ވަގު ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ނޫސްބަޔާނެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހުއްދަނެތި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދާ ދެނެގަނެ އެފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ދައުލަތުގެ ކަމާގުޅޭ ފަރާތްތައް ގުޅިގެން މަސައްކަތްކުރުމަށް އެކުލަވާލާފައިވާ ޓާސްކްފޯސްއިން ބަލަމުންދާ މައްސަލަތަކާ ގުޅިގެން، 6 ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި އޮޕަރޭޝަން ހިންގާފައި ވަނީ ދިވެހި ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެންނެވެ.

ފުލުހުން ވިދާޅުވީ މިހާތަނަށް ތަހްޤީޤުން އެއްކުރެވިފައިވާ މައުލޫމާތުތަކަށް ބަލާއިރު ފާއިތުވި 3 އަހަރުގެ ތެރޭގައި މިފަރާތްތަކުގެ އެކައުންޓްތަކުގައި ޖުމްލަ 54،429،550.00ރ (ފަންސާސް ހަތަރު މިލިއަން ހަތަރުލައްކަ ނަވާވީސްހާސް ފައްސަތޭކަ ފަންސާސް ރުފިޔާ) އާއ،ި USD 1,627,810 (އެއްމިލިއަން ހަސަތޭކަ ހަތާވީސްހާސް އަށްސަތޭކަ ދިހަ ޔޫއެސްޑޮލަރު) ދައުރުކޮށްފައިވާކަން ފާހަގަގަކުރެވޭ ކަމަށެވެ.

މި 6 މީހުންނަކީ ހުއްދަދެވިފައިވާ މަސައްކަތް ކުރުމުގެ ދާއިރާގެ ބޭރުން، ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކެއްކަން ފާހަގަކުރެވޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.

"ޤާނޫނާ ޚިލާފަށް ބޭރު ފައިސާގަނެ ވިއްކާ ފަރާތްތަކުގެ މައްސަލަތައް ބެލުމަށް މިހާތަނަށް ޓާސްކްފޯސްއިން އެއްކޮށްފައިވާ މައުލޫމާތުތައް ދިރާސާކުރިއިރު ބައެއް އަމިއްލަ ފަރުދުންގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓްތަކާއި އަމިއްލަ ފަރުދުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތައް ބިދޭސީން އިސްވެ ހިންގާ ގާނޫނާއި ޚިލާފު އަމަލުތަކުން ހޯދައި ފައިސާ ދައުރުކޮށް މުޢާމަލާތްކުރުމަށް އެފަރާތްކާއި ހަވާލުކޮށްފައި ހުންނަކަން ފާހަގަކުރެވިފައިވެއެވެ." ފުލުހުން ވިދާޅުވިއެވެ.

 

View post on Twitter

 

ފުލުހުން ވަނީ، އެއްވެސް ފަރާތެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓް އެހެން ފަރާތަކުން ހިންގާ ޤާނޫނާއި ޚިލާފު އަމަލުތަކަށް މަގުފަހިކުރުމަށް ދޫކުރުމަކީ އެމީހެއްގެ މައްޗަށްވެސް ކުށުގެ ބައިވެރިއެއްގެ ހައިސިއްޔަތުން ޤާނޫނީ ފިޔަވަޅު އެޅިދާނެ ކަމެއްކަމަށްވާތީ ޤާނޫނާއި ޚިލާފް އަމަލުތައް ހިންގުމަށް އެއްވެސް ފަރާތަކަށް ބޭންކު އެކައުންޓް ބޭނުންކުރުމުގެ ފުރުސަތު ނުދިނުމަށް އިލްތިމާސްކުރައްވައިފައެވެ.

މިފަދަ އަމަލުތައް ކުރާ ފަރާތްތައް ހޯދާ ޤާނޫނީ ފިޔަވަޅު އަޅަމުންދާނެކަމަށް ފުލުހުން ވިދާޅުވިއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް