ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މީހަކު ހައްޔަރުކޮށްފި

ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ 2026 އޮގަސްޓް 28 ވަނަ ދުވަހުގެ ހަވީރު 5:34 ހާއިރު، ޗާނދަނީމަގާއި މަޖީދީ މަގު ގުޅޭ ސަރަހައްދު ކަންމަތީގައި، މަގު ބެލެހެއްޓުމަށް ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ފިލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ފުލުސް އޮފިސަރުގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ފިލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ގދ. ފަރެސްމާތޮޑާއަށް ނިސްބަތްވާ، މާތޮޑާ އަވަށު ހަތި ސާއިން ޢަބްދުލްޤައްޔޫމް، (23 އަހަރެ) އެވެ.
ފުލުހުން ވިދާޅުވީ އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޟިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި ފުލުސް އޮފިސަރަށް އަނިޔާޥި ނަމަވެސް، ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލާގައި ހިމެނޭ ސައިކަލު ޓޯކޮށް، ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
އިތުރަށް





.gif.gif&w=828&q=100)