ގޭސް ލީކުވި ހާދިސާ- ޙާލުދެރަވި ޒުވާނާގެ ޙާލަތު މިވަގުތު ރަނގަޅު ކަމަށް އޭޑީކޭއިން ބުނެފި

ގޭސް ލީކުވި ހާދިސާގައި ޙާލުދެރަވި ޒުވާނާގެ ޙާލަތު މިވަގުތު ރަނގަޅު ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.
މިއަދު މާލޭ ގެއެއްްގައި ހިނގި މި ހާދިސާއާ ގުޅިގެން ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެމުން ދަނީ 19 އަހަރުގެ އަންހެންކުއްޖަކަށެވެ.
މިއަދު ހެންދުނު 10:34 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކުރި މި ހާދިސާ ހިނގާފައި ވަނީ މާފަންނު ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައެވެ.
މިހާދިސާގައި 51 އަހަރުގެ އަންހެނަކު ވަނީ ނިޔާވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވި އާއި ޙާލުދެރަވި 19 އަހަރުގެ ޒުވާނާގެ މަންމައެވެ.
ފުލުހުން ވިދާޅުވެފައިވަނީ މި ހާދިސާގައި ނިޔާވި، ދަފްތަރު ނަންބަރު ރސ 6210 / މާލެ، ޒާހިދާ ތައުފީޤު އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށެވެ.
މި ހާދިސާ ހިނގަން މެދުވެރި ސަބަބު ދެނެގަތުމުގެ މަސައްކަތް ކަމާގުޅޭ ފަރާތްތަކުން ދަނީ ކުރަމުުންނެވެ.
އިތުރަށް





.gif.gif&w=828&q=100)