logologologologo
STO
ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރުކުރި ޝާހިދު 30 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރުކުރި ޝާހިދު 30 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ނޮވެމްބަރު 03

ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރުކުރި، ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު 30 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ޝާހިދު ރޭގެ ވަގުތެއްގައި ހައްޔަރު ކުރީ ހުޅުމާލޭގައި ހުންނަ ރެއިންބޯ އޯޝަން ފްރޮންޓްގައި އޭނާ ދިރިއުޅޭ އެޕާޓްމެންޓްގައި ހުއްޓައެވެ.

ފުލުހުން ރޭ ވިދާޅުވީ ޝާހިދު ހައްޔަރުކުރީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ހައްޔަރުކުރުމަށްފަހު ފުލުހުންގެ ލޯންޗަކަށް އަރުވައިގެން ރޭގެ ވަގުތެއްގައި އޭނާ ގެންދިޔައީ ދޫނިދޫއަށެވެ.

ފުލުހުން މިއަދު ވިދާޅުވީ ޝާހިދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓުގައި ދެންނެވުމުން 30 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ހައްޔަރުކުރުމުގެ ކުރިން، ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެއް ކަމަށެވެ. މިފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެންމެ ބޭފުޅުން އަރިހުން އެދިވަޑައިގެންނެވިއެވެ.

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ޚާރިޖީ ވަޒީރުކަން ކުރެއްވި ޝާހިދު ވަނީ އެމްޑީޕީގެ ރައީސްކަން ވެސް ކުރެއްވައިފައެވެ. ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާގެ ލަޤަބު އަރުވާފައިވާ ޝާހިދު ވަނީ އދ. ގެ އާންމު މަޖިލިހުގެ ރައީސްކަން ވެސް ކުރައްވައިފައެވެ.

18 އަހަރުންދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރާއިރު، ޝާހިދު ގެންދަވަނީ 2028 ގެ ރިޔާސީ އިންތިޚާބުގެ އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ކެމްޕެއިން ކުރައްވަމުންނެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް