logologologologo
STO
ޚަބަރު

ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުޙުމަތުގައި ޝާހިދު ހައްޔަރުކޮށްފި

ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުޙުމަތުގައި ޝާހިދު ހައްޔަރުކޮށްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ނޮވެމްބަރު 02

ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުޙުމަތުގައި އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ހައްޔަރުކޮށްފިއެވެ.

ފުލުހުން ދެންމެ ވިދާޅުވީ އުމުރުން 18 އަހަރުންދަށުގެ ކުޑަ ކުއްޖަކަށް ޖިންސީގޯނާ ކުރި ކަމުގެ ތުޙުމަތުގައި ހ. ރަބީޢީމަންޒިލް /މާލެ، ޢަބްދުﷲ ޝާހިދު 64 އަހަރު، ހައްޔަރުކޮށްފައިވާ ކަމަށެވެ.

 

View post on Twitter

 

ޝާހިދު ހައްޔަރުކޮށްފައި ވަނީ ކޯޓް އަމުރެއްގެދަށުންނެވެ.

އޭނާ ހައްޔަރު ކުރީ ނޮވެމްބަރު 2 ވަނަ ދުވަހުގެ ރޭ (މިރޭ) 9:59 ހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤް ކުރަމުންނެވެ.

ހައްޔަރު ކުރުމުގެ ކުރިން ޝާހިދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "އަޅުގަނޑުގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެވެ. މިފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެންމެ ބޭފުޅުން އަރިހުން އެދެމެވެ." މިފަދައިންނެވެ.

އދ. ގެ ޖެނެރަލް އެސެމްބްލީގެ ރައީސްކަން ވެސް ކުރެއްވި ޝާހިދަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ގިނަ ކެންޑިޑޭޓުންގެ ތެރެއިން އެއް ކެންޑިޑޭޓްކަން ފާހަގަ ކުރެވެއެވެ.

 

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް