logologologologo
STO
ޚަބަރު

ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުޙުމަތުގައި ކުރީގެ ކައުންސިލަރަކު ހައްޔަރުކޮށްފި

ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުޙުމަތުގައި ކުރީގެ ކައުންސިލަރަކު ހައްޔަރުކޮށްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ނޮވެމްބަރު 03

ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުޙުމަތުކުރެވޭ މައްސަލައެއްގައި މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އައިމަން އިސްމާޢީލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުންގެ ތަރުޖަމާނު އަޙުމަދު ޝިޔާމް މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އައިމަން ހައްޔަރުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށާއި އެ މައްސަލައިގެ ތަޙުޤީޤްގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށެވެ.

ތަރުޖަމާނު ވިދާޅުވީ މި މައްސަލަ އިތުރަށް ފުރިހަމަކުރުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

އައިމަންގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފުލުހުން އަމަލުކުރަމުން ގެންދާނީ ކޯޓުން ކަނޑައަޅާ އަމުރަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

އައިމަން އަކީ މާލެ ސިޓީ ކައުންސިލްގެ ފުރަތަމަ ދައުރުގައި މާފަންނު ދެކުނު ދާއިރާއަށް އިންތިޚާބުވި ކައުންސިލަރެކެވެ. އޭނާ މަގާމަށް އިންތިޚާބުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި، 2011 ވަނަ އަހަރު އެމްޑީޕީގެ ޓިކެޓުގައެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުޙުމަތުގައި އައިމަން ހައްޔަރުކޮށްފައިވާއިރު، އެމްޑީޕީގެ ކުރީގެ ރައީސް އަދި އެމްޑީޕީ ސަރުކާރުގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވެސް، ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި ކަމުގެ ތުޙުމަތުގައި ރޭގެ ވަގުތެއްގައި ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ޝާހިދުގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، 30 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް