
ސައްޙަ ނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި
ޒައުޖަތު އަޙުމަދުސައްޙަ ނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ކުޅުދުއްފުށި ސިޓީގެ އެކި ފިހާރަތަކަށް ސައްޙަނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހދ. ކުޅުދުއްފުށި / ފައިންސް، ޙަސަން މޫސާ (33އ) އެވެ. މީނާ ހައްޔަރުކޮށްފައިވަނީ ޖަނަވަރީ މަހުގެ 29 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުން ބުނީ ކުޅުދުއްފުށި ސިޓީގެ އެކި ފިހާރަތަކަށް ސައްހަ ނޫން ސުލިޕް ފޮނުވައިގެން 3000 އަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ޙަސަން މޫސާ ނަގާފައިވާކަން މިހާތަނަށް ބެލިބެލުމުން އެނގިިފައިވާ ކަމަށެވެ.
ޙަސަން މޫސާ، އިތުރު ފިހާރައަކުން ވެސް ސައްހަ ނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކޮށްފައިވާނަމަ ކުޅުދުއްފުށި ސިޓީ ޕޮލިހަށް ރިޕޯޓުކުރުމަށް ފުލުހުން އެދިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ޙަސަން މޫސާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 7 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އަމީން މިއާގެ މަރު- ހައިމާކު ދުއްވަން އިން މީހާ ހައްޔަރުކޮށްފި2026 ފެބްރުއަރީ 01
ގެއްލިގެން ހޯދި ޢަބްދުލް ޢަޒީޒު ހުރީ ތިލަފުށީގައި!2026 ޖެނުއަރީ 28
ފުވައްމުލަކަށް ނިސްބަތްވާ މީހަކު ގެއްލިގެން ހޯދަންފަށައިފި2026 ޖެނުއަރީ 27
ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމާއި ތާޒާކުރުމުގެ މި އަހަރުގެ ފުރަތަމަ ޕްރޮގްރާމް ކުރިއަށް ގެންގޮސްފި2026 ޖެނުއަރީ 22