logo
logo
ގެއްލިގެން ހޯދި ޢަބްދުލް ޢަޒީޒު ހުރީ ތިލަފުށީގައި!

ގެއްލިގެން ހޯދި ޢަބްދުލް ޢަޒީޒު ހުރީ ތިލަފުށީގައި!

2026 ޖެނުއަރީ 28
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ގެއްލިގެން ހޯދަމުން އަންނަކަމަށް ފުލުހުން ހާމަކުރި ޢަބްދުލްޢަޒީޒު މުޙައްމަދު ހުރީ ތިލަފުށީގައިކަމަށް އޭނާ ފުލުހުންނަށް އަންގައިފިއެވެ.

އުމުރުން 64 އަހަރުގެ ޢަބްދުލްޢަޒީޒު މުޙައްމަދު ގެއްލިގެން ހޯދަން ފަށާފައިވަނީ އޭނާގެ ޚަބަރެއް އާއިލާއަށް ނުވެ ގިނަ ދުވަސްތަކެއްވުމުންނެވެ. ފުލުހުން އިއްޔެ ހާމަކުރައްވާފައިވާގޮތުގައި ޢަބްދުލްޢަޒީޒު މުޙައްމަދުގެ ޢާއިލާއަށް އާއިލާއަށް އޭނާގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ 2025 ސެޕްޓެންބަރު 3 ވަނަ ދުވަހު ފޯނުންނެވެ. އަދި ޢަބްދުލްޢަޒީޒު މުޙައްމަދު އާއިލާގެ މީހަކަށް އެންމެ ފަހުން ފެނިފައިވަނީ 2025 ނޮވެންބަރު މަސްތެރޭގައި އައިޖީއެމްއެޗް ކައިރިން ކަމަށް ވެސް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ އޭނަ ހޯދަން އިޢުލާންކޮށްފައިވަނިކޮށް އޭނާގެ އާއިލާއަށާއި ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް ގުޅައި، އޭނާ ހުރީ ތިލަފުށީގައި ކަމާއި ހާލު ރަނގަޅުކަމަށް ޢަބްދުލްޢަޒީޒު މުޙައްމަދު މަޢުލޫމާތު ދީފައިވާކަމަށެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް