
ހިޔާވެހި ފައިނޭންސް ލިބޭ ކަމުގެ ލިޔުން ހަވާލުކުރަން ފަށައިފި
ޒައުޖަތު އަޙުމަދުހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފައިނޭންސް ލިބޭ ކަމުގެ ލިޔުން ހަވާލުކުރަން ފަށައިފިއެވެ.
މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ގެދޮރުވެރިކަމާއި އިމާރާތް ކުރުމާއި ބިނާރާބެހޭ ވުޒާރާގެ ފަރާތުން މިއަދު ވަނީ ބާއްވާފައެވެ.
ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއްކަމުގައިވާ ދިވެހި ރައްޔިތުންގެ ތެރެއިން ގެދޮރު އިމާރާތްކުރުމަށް ލުއި ގޮތެއް ބޭނުންވެފައިވާ ފަރާތްތަކަށް، ބޯހިޔާވަހިކަން ޤާއިމްކުރެވޭނެ މަގު ފަހިކޮށްދިނުނަށްޓަކައި 5 އިންސައްތައިގެ ރޭޓުގައި ހިންގާ އިސްލާމިކް ފައިނޭންސިންގ ޕްރޮގްރާމެކެވެ.
ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 23 އެޕްލިކޭޝަނެއް އެޕްރޫވްކުރެވިފައިވާއިރު އޭގެ ތެރެއިން 15 ފަރާތަކާ މިއަދު ލިޔުން ހަވާލުކޮށްފައިވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ކޮންމެ ޢާއިލާއަކަށް ބޯހިޔާވަހިކަން ލިބޭނެ ސްކީމެއް ސަރުކާރުން އިފްތިތާޙްކޮށްފި2025 ނޮވެމްބަރު 17
މ.މުލީ މަގުތައް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި2025 ސެޕްޓެމްބަރު 22
4000 ފުލެޓް- ގުރުއަތުގައި ބައިވެރިނުވާ ބަޔަކަށް ފުލެޓް ކަނޑައަޅާފައިވާ ކަން ފާހަގަ ވެއްޖެ!2025 އޯގަސްޓު 05
4000 ފުލެޓް- ފުލެޓް ލިބުނު ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރަން ފަށައިފި!2025 ޖުލައި 21