
4000 ފުލެޓް- ފުލެޓް ލިބުނު ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރަން ފަށައިފި!
ޒައުޖަތު އަޙުމަދުގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތް ކޮށްފައިވާ 4000 ހައުސިން ޔުނިޓުން ފުލެޓް ލިބުނު ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރަން ފަށައިފިއެވެ.
ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދަނީ ހުޅުމާލެ ސިންތެޓިކް ޓްރެކް ސަރަހައްދުގައެވެ.
ފުލެޓް އެއްބަސްވުމުގައި ސޮއިކުރަން ދާން ޖެހެނީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން، އެދުވަހެއްގައި ސޮއިކުރަން ދާން އަންގާ މީހުން އެކަންޏެވެ. އެދުވަހެއްގައި ސޮއިކުރަން ދާންޖެހޭ މީހުންނަށް އެކަން އަންގަނީ އެސްއެމްއެސް މެދުވެރިކޮށެވެ. އެސްއެމްއެސް ލިބުމުން، ސޮއިކުރަން ދިއުމުގެ ކުރިން ބޭނުންވާނެ ލިޔެކިޔުންތައް ފަހި ދިރިއުޅުން ކޯޕަރޭޝަންގެ "ފަހި ޕޯޓަލް" އަށް އަޕްލޯޑްކުރަންވާނެކަމަށް އެ ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ.
މި އެއްބަސވުމުގައި ސޮއިކުރުން ކުރިއަށްދާނީ ހެނދުނު 09:00 ން ހަވީރު 04:00 އަށް ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ކޮންމެ ޢާއިލާއަކަށް ބޯހިޔާވަހިކަން ލިބޭނެ ސްކީމެއް ސަރުކާރުން އިފްތިތާޙްކޮށްފި2025 ނޮވެމްބަރު 17
ކުއްޔަށް ދޭނަމަ އެއްބަސްވުން ބާޠިލުކޮށް ފުލެޓް އަތުލަނީ2025 އޮކްޓޯބަރު 11
ހިޔާވެހި ފައިނޭންސް ލިބޭ ކަމުގެ ލިޔުން ހަވާލުކުރަން ފަށައިފި2025 އޮކްޓޯބަރު 09
ފުލެޓް ލިސްޓަށް ބަޔަކު އިތުރު ކުރުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނޯންނާނެ: މުއްޠަލިބް2025 ސެޕްޓެމްބަރު 28