logologologologo
STO
ޚަބަރު

ކުއްޔަށް ދޭނަމަ އެއްބަސްވުން ބާޠިލުކޮށް ފުލެޓް އަތުލަނީ

ކުއްޔަށް ދޭނަމަ އެއްބަސްވުން ބާޠިލުކޮށް ފުލެޓް އަތުލަނީ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2025 އޮކްޓޯބަރު 11

ފުލެޓް ކުއްޔަށް ދޭނަމަ އެއްބަސްވުން ބާޠިލުކޮށް ފުލެޓް އަތުލެވޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ޙަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

ހަމްދާން މިފަދައިން ވިދާޅުވީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ދޫކޮށްފައިވާ ފުލެޓްތައް ކުއްޔަށް ދޭން ބައެއް ފަރާތްތަކުން އިޝްތިހާރު ކުރަމުން އަންނަ މައްސަލާގައި އާންމުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

ޙަމްދާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ދޫކުރަމުންދާ މި ފްލެޓްތަކަކީ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އިސްކަން ދީގެން ދޫކުރާ ފްލެޓްތަކެއް ކަމަށެވެ.

ޙަމްދާން އިތުރަށް ވިދާޅުވީ އެއްބަސްވުމާ ޚިލާފަށް ފުލެޓު ކުއްޔަށް ދޭ ނަމަ، ފްލެޓު ކުއްޔަށް ދޭ ފަރާތްތައް ހޯދާ އެއްބަސްވުމުގައި ވާ ގޮތުގެ މަތިން އެ ފަރާތްތަކާއި އެކު ހެދިފައިވާ އެއްބަސްވުން ބާޠިލްކޮށް ފްލެޓް އަތުލެވޭނެ ކަމަށެވެ.

މި ފުލެޓްތަކުގެ ކުލީގެ ގޮތުގައި ސަރުކާރަށް ކުޑަ އަގެއް ދައްކަން ޖެހުނު ނަމަވެސް ބައެއް ފަރާތްތަކުން އިޝްތިހާރު ކޮށްފައި ވަނީ 25،000 ރުފިޔާއަށް ފުލެޓް ކުއްޔަށް ދޭންކަން ފާހަގަ ކުރެވެއެވެ.

View post on Twitter

 

ގެދޮރުވެރިޔާ ސްކީމްގެދަށުން ކުރީގެ ރައީސް އިބުރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އިމާރާތް ކުރަންފެށި 4000 ފުލެޓް ލިބުނު ފަރާތްތަކަށް ތަޅުދަނޑި ހަވާލުކުރަން ފަށާފައިވާއިރު، ފުލެޓް ލިބޭ ފަރާތްތަކާއި އެފްޑީސީއާއެކު އެއްބަސްވުމެއް ހަދާފައިވެއެވެ. އެ އެއްބަސްވުމުގެދަށުން ފުލެޓް ކުއްޔަށް ދިނުމަކީ މަނާކަމެއްކަން ފާހަގަ ކުރެވެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް