logologologologo
STO
ޚަބަރު

އަމާން ޓަވަރުތަކުން މިހާތަނަށް 5,040 ޓަނުގެ ކުނި އުކާލައިފި

އަމާން ޓަވަރުތަކުން މިހާތަނަށް 5,040 ޓަނުގެ ކުނި އުކާލައިފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޯގަސްޓު 02

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ އަމާން ޓަވަރުތަކުގެ އާންމު ސަރަހައްދުތަކުން މިހާތަނަށް 5,040 ޓަނުގެ ކުނި އުކާލާފައިވާ ކަމަށް އެ ކޯޕަރޭޝަނުން މިއަދު ހާމަކޮށްފިއެވެ.

އެފްޑީސީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު:

  • 2025 އޮކްޓޯބަރުން 2026 މާޗްގެ ނިޔަލަށް: 3,178 ޓަނުގެ ކުނި
  • 2026 މެއި މަހުން ޖޫން މަހުގެ ނިޔަލަށް: 1,862 ޓަނުގެ ކުނި

އަމާން ޓަވަރުތަކުގެ އާންމު ސަރަހައްދު ސާފުކުރުމާއި ކުނި ނައްތާލުމުގެ މަސައްކަތަށް މިހާތަނަށް ޖުމްލަ 13,481,557.15 (ތޭރަ މިލިއަން ހަތަރު ސަތޭކަ އައްޑިހަ އެއް ހާސް ފަސްސަތޭކަ ފަންސާސް ހަތް ރުފިޔާ ފަނަރަ ލާރި) ވަނީ ހަރަދުވެފައެވެ.

  • 2025 އޮކްޓޫބަރުން 2026 މާޗަށް: 8.45 މިލިއަން ރުފިޔާ
  • 2026 އޭޕްރީލް މަހު: 75.1 ހާސް ރުފިޔާ
  • 2026 މެއި މަހުން ޖޫން މަހަށް: 4.95 މިލިއަން ރުފިޔާ

އެފްޑީސީން ފާހަގަކުރި ގޮތުގައި، ކުނި ނައްތާލުމަށް މިހާ ބޮޑު ހޭދައެއް ކުރަންޖެހުނީ ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް އާންމު ސަރަހައްދުތަކަށް އެކި ބާވަތުގެ ކުނި އަޅަމުންދިއުމުގެ ސަބަބުންނެވެ. މީގެ ސަބަބުން ދައުލަތުގެ ބަޖެޓުންނާއި ކޯޕަރޭޝަނުން ކުރަންޖެހޭ ހަރަދު ވަނީ ނިސްބަތުން ބޮޑުތަނުން އިތުރުވެފައެވެ.

އެހެންކަމުން، މިފަދަ އިހުމާލުތަކުގެ ސަބަބުން ހިނގާ ހަރަދުތައް ކުޑަކޮށް، އެންމެންނަށް ހިތްފަސޭހަ މާހައުލެއް ބިނާކުރުމަށްޓަކައި ކުނި އުކާލުމުގައި މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވުމަށް އެފްޑީސީން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް