logologologologo
STO
ޚަބަރު

ސާފުކުރިތާ ވީ 3 ދުވަސް؛ ފްލެޓްތައް ކައިރި އަނެއްކާވެސް އޮތީ ހުސް ކުނި

ސާފުކުރިތާ ވީ 3 ދުވަސް؛ ފްލެޓްތައް ކައިރި އަނެއްކާވެސް އޮތީ ހުސް ކުނި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ފެބްރުއަރީ 10

މިދިޔަ ދެ ހަފުތާ އެއްކޮށްހެން، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ފުލެޓުތައް ކައިރި ފެނުނީ ކުނިން ފުރާލާފައި އޮއްވަ އެވެ. އެހެންވެ، އެކަމާ ގުޅޭ ޝަކުވާތައް ގިނަވެ، އެފްޑީސީއިން މިދިޔަ ހޮނިހިރު ދުވަހު އެތަން ސާފުކުރި އެވެ. އެކަމަކު ދެތިން ދުވަސް ނުވެ، އަނެއްކާވެސް އެތަން ވަނީ މުޑުދާރުކޮށްލާފަ އެވެ.

ނިމިދިޔަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން އެފްލެޓްތަކުގައި މީހުން ވަނީ ދިރިއުޅެން ފަށާފައެވެ. އަދި ރޯދަ އާއި ދިމާކޮށް ފްލެޓް ލިބުނު ގިނަ އަދަދެއްގެ މީހުން އަންނަނީ ދިރިއުޅުން އެފްލެޓްތަކަށް ބަދަލު ކުރަމުންނެވެ.  އާ ގެއަށް ބޭނުންވާ ސާމާނުތައް އަޅާފައި ހުރި އެކި ވަރުގެ ހުސް ފޮށިގަނޑުތަކާއި ބޭނުން ނުވާނެހެން ހީވާ ފަރުނީޗަރުތައް ބަހައްޓަނީ ބޭރުގަ އެވެ. އެހެންވެ، ގިނަ އަދަދެއްގެ ކުންޏާއެކު އެ ހިސާބުގަނޑުގައި ފައި އަޅާލަން ނުކެރޭ ވަރަށް ކުނިތައް ވަނީ ގިނަ ވެފަ އެވެ.

އެ މަންޒަރުތައް ފެންނަ ވީޑިއޯ އާއި ފޮޓޯތައް ސޯޝަލް މީޑިއާގައި އާއްމުވެފައިވާއިރު ހުރިހާ ދިމާއަކުން ވެސް ފެންނަނީ ކުންޏެވެ. ފުޅިމަދުތަކާއި ކަރުދާސް ފޮށިތައް ސީދާ އުކާލާފައި ހުންނަނީ ދޮރުމައްޗަށެވެ. ކުނިތަކާ ހެދި، ބައެއް މީހުން ފްލެޓުން ނުނިކުމެވިގެން އުޅޭ ތަން ވެސް ފެނެ އެެވެ.

މި ކުނިތައް ނައްތާލުމަކީ ވެރިފަރާތުގެ ޒިންމާ އެކެވެ.

މިކަމާއި ގުޅިގެން އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މިއީ އަޅުގަނޑުމެންގެ ދީނާއި ސަގާފަތާ ވެސް ބީރައްޓެހި ނާތަހުޒީބު އަމަލެއް،" ކަމަށެވެ.

ގަވައިދާ އެއްގޮތަށް 'ބަލްކް ވޭސްޓް' ނައްތާލާ މީހުންނަށް ޝުކުރު އަދާކުރަމުން ހަމްދާން ވިދާޅުވީ، އެތަނުގައި ދިރިއުޅޭ މީހުންނަށް، އަމާން އަދި ސާފު ވެއްޓެއް ގާއިމް ކުރެވޭނީ އެންމެންގެ ވެސް އެއްބާރުލުމާ އެކުގައި ކަމަށެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް