logo
logo
ރައީސްގެ އެންގެވުމަށް 4000 ފުލެޓް ލިބޭ ފަރާތްތަކާ ފުލެޓް ހަވާލުކުރުން އަވަސްކުރަން ނިންމައިފި

ރައީސްގެ އެންގެވުމަށް 4000 ފުލެޓް ލިބޭ ފަރާތްތަކާ ފުލެޓް ހަވާލުކުރުން އަވަސްކުރަން ނިންމައިފި

2025 ޑިސެމްބަރު 21
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ފަހި ދިރިއުޅުން ކޯޕަރޭޝަ، އެފްޑީސީން ހުޅުމާލޭގައި އިމާރާތްކުރި 4000 ފުލެޓް ލިބޭ ފަރާތްތަކާ ފުލެޓް ހަވާލުކުރުން، ރައީސް ޑރ. މުޢިއްޒުގެ އެންގެވުމަށް އަވަސްކުރަން އެފްޑީސީން ނިންމައިފިއެވެ.

އެފްޑީސީ އިން ވަނީ އެ ކުންފުނިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 4000 ފްލެޓު ލިބުނު މީހުންނާ އެތަންތަން ހަވާލުކުރަން އެންމެ ފަހުން އިއުލާންކުރި ތާރީޚަށް ވުރެ ކުރިން ތަޅުދަނޑި ހަވާލުކޮށް ނިންމުމުގެ މަސައްކަތް ފަށައިފައެވެ.

ފްލެޓްތައް ހަވާލުކުރުން އަންނަ ޖެނުއަރީގައި ފަށާ ދިރާސީ އަހަރުގެ ކުރިން ކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު މާލޭގެ އެކި އަވަށްތަކާ އެކު ބޭއްވެވި ބައްދަލުވުންތަކުގައި، ފަހި ފްލެޓްތަކުގެ ތަޅުދަނޑި އަވަހަށް ހަވާލުކޮށް، ކުއްޔާއި ޑައުންޕޭމަންޓް ކުޑަކޮށްދޭން ގިނަ ބަޔަކު އެދިފައިވާ ކަން ފާހަގަކުރެވެއެވެ.

ފުލެޓް ލިބުނު ގިނަ ފަރާތްތަކުގެ އެދުމާއި އެއްގޮތަށް ކުއްޔާއި ޑައުންޕޭމަންޓް ވެސް ސަރުކާރުން ވަނީ ކުޑަކޮށްދީފައެވެ.

ފުލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުން އަވަސްކުރުމާއި ގުޅިގެން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ ފްލެޓުގެ ތަޅުދަނޑި ހަވާލުކުރާނެ ތާރީޚް އެންގުމުގެ ގޮތުން ޕޯޓަލް މެދުވެރިކޮށް މިރެއިން ފެށިގެން ނޯޓިސް ފޮނުވަމުންދާނެ ކަމަށެވެ. އަދި ވަރަށް އަވަހަށް އެކަމުގެ އިތުރު ތަފްސީލު ވެސް އާންމުކުރާނެ ކަމަށް ހަމްދާން ވިދާޅުވިއެވެ.

ފުލެޓް ހަވާލުކުރުން އަވަސްކުރުމާއި ގުޅިގެން އެކުންފުނިން މިއަދު ކުރި އިއުލާނެއްގައި ބުނީ ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް ކަމާ ގުޅުންހުރި ކުންފުނިތަކާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ތަޅުދަނޑި ހަވާލުކުރުމުގެ ކަންކަން ފަހި ޕޯޓަލް މެދުވެރިކޮށް ކުރިއަށް ދާނެ ކަމަށް ވެސް ބުންޏެވެ.

 

 

އެފްޑީސީން މި ޑިސެމްބަރު މަހު ކުރީކޮޅު ބުނީ ހުރިހާ ފްލެޓެއް ހަވާލުކޮށް ނިމޭނީ ޖެނުއަރީ މަހުގެ ފަހު ހަފުތާގަ އެވެ. އަދި އެކި ޓަވަރު ވަކިވަކިން ހަވާލުކޮށް ނިމޭނެ ތާރީޚްތައް ވެސް އެ ކުންފުނިން އާންމުކޮށްފައިވެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް