logologologologo
STO
ޚަބަރު

ދިވެހި ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ޑރ. މުޙައްމަދު ޢަލީ އަވަހާރަވެއްޖެ

ދިވެހި ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ޑރ. މުޙައްމަދު ޢަލީ އަވަހާރަވެއްޖެ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ސެޕްޓެމްބަރު 20

ދިވެހި ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ޑރ. މުޙައްމަދު ޢަލީ އަވަހާރަވެއްޖެއެވެ.

ޑރ. މުޙައްމަދު ޢަލީ އަވަހާރަވުމުގެ ހިތާމާގައި ރައީސުލްޖުމްހޫރިއްޔާ އެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެ ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވައި، 25 އަހަރަށް ވުރެ ދިގު މުއްދަތަކު ދައުލަތަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވި، ޑރ މުޙައްމަދު ޢަލީ އަވަހާރަވި ޚަބަރު އެމަނިކުފާނު އަޑުއެއްސެވީ ފުން ހިތާމައާއެކުގައި ކަމަށެވެ.

ރައީސްގެ ތަޢުޒިޔާގެ މެސެޖްގައި ވިދާޅުވީ މަރްޙޫމް ޑރ މުޙައްމަދު ޢަލީއަކީ އިޖްތިމާޢީ އެކި ކަންކަމުގައި ވަކިން ޚާއްޞަކޮށް އިސްލާމީ ހޭލުންތެރިކަމާއި ތިމާވެށީގެ އެކި ދާއިރާތަކުން މުޖްތަމަޢަށް ގިނަގުނަ މަޢުލޫމާތުތަކެއް ފޯރުކޮށްދެއްވައި، ޢިލްމީ ދިރާސާތައް ކުރެއްވި، ޚުލްޤު ހެޔޮ، ދީންވެރި ނަމޫނާ ޝަޚްޞިއްޔަތެއް ކަމަށެވެ.

ރައީސް ވިދާޅުވީ ޑރ. މުޙައްމަދު ޢަލީއަކީ އެންމެންގެ ލޯތްބާއި އިޙްތިރާމް ހޯއްދެވި ޤަދަރުވެރި ބޭފުޅެއް ކަމަށެވެ.

 

View post on Twitter

 

"މަރްޙޫމްގެ ޢާއިލާއަށާއި އެކުގައި މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންނަށް ނުހަނު އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަން. މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ޑރ މުޙައްމަދު ޢަލީ ލެހެއްޓެވުން އެދި ދުޢާކުރަން. އާމީން." ރައީސްގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާވަނީ ޑރ. މުޙައްމަދު ޢަލީގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި އެ މަރުޙޫމްގެ ފުރާނައަށް ހެޔޮ ދުޢާ ކުރައްވައިފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް