
ސަރުކާރުން ދޫކުރާ ފުލެޓްތައް ކުއްޔަށް ދޭ މައްސަލަ ބޮޑުވެ ފިޔަވަޅުއަޅަން ނިންމައިފި
ޒައުޖަތު އަޙުމަދުސަރުކާރުން ދޫކުރާ ފުލެޓްތައް ކުއްޔަށް ދޭ މައްސަލަ ބޮޑުވެ ފިޔަވަޅުއަޅަން ނިންމައިފިއެވެ.
ސަރުކާރުން ދޫކުރާ ފުލެޓްތައް ބޮޑުއަގުގައި ކުއްޔަށް ދޭ މައްސަލާގައި އާންމުންގެ ކަންބޮޑުވުން އިތުރުވެފައިވާ މި ދަނޑިވަޅުގައި ގެދޮރުވެރިކަމާއި އިމާރާތް ކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އެކްސްގައި ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ ސަރުކާރުގެ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮށް، ސަބްސިޑައިޒްކުރެވިފައިވާ އަގުތަކެއްގައި ދޫކޮށްފައިވާ ތަންތަން ކަމުގައިވާތީ، އެތަންތަން ބޮޑެތި އަގުތަކުގައި ކުއްޔަށްދީ، އެތަންތަން ދެވުނު ފަރާތް ފިޔަވާ އެހެން ފަރާތްތަކުން ދިރިއުޅުމަށްވެސް އަދި އެހެން ބޭނުމަކަށްވެސް ބޭނުންކުރުމަކީ ސަރުކާރުން ޤަބޫލުކުރާ ކަމެއްނޫން ކަމަށެވެ.
ވަޒީރު ވިދާޅުވީ އެއްބަސްވުންތަކާ ޚިލާފަށް ކުއްޔަށް ދީފައިވާ ތަންތަނާއި، އެތަންތަން ދެވިފައިވާ ފަރާތްނޫން އެހެން ފަރާތެއް ދިރިއުޅޭ ތަންތަނުގެ އެއްބަސްވުންތައް ބާޠިލްކޮށް އެތަންތަން ދައުލަތަށް ނެގުމަށް ކުރަންޖެހޭ މަސައްކަތްކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން، ސޯޝަލް ހައުސިންގެ ގޮތުގައި ދޫކުރެވިފައިވާ ތަންތަން ބަލާ ފާސްކުރުމުގެ މަސައްކަތް، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ވީހާވެސް އަވަހަކަށް ފެށުމަށް މިމިނިސްޓްރީން މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
އިޖުތިމާޢީ ބޯހިޔާވަހިކަމަށް ސަރުކާރުން ދޫކުރާ ފުލެޓް ބޮޑުއަގުގައި އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރާ މައްސަލާގައި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޙަމްދާން ޝަކީލު ވެސް މިއަދު ވަނީ މިފަދައިން ވިދާޅުވެފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ފުލެޓް ކުއްޔަށް ދީފައިވާނަމަ ފިޔަވަޅު އަޅާނެކަމަށް އެޗްޑީސީން ވެސް ބުނެފި2025 އޮކްޓޯބަރު 12
ފުލެޓް ލިސްޓަށް ބަޔަކު އިތުރު ކުރުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނޯންނާނެ: މުއްޠަލިބް2025 ސެޕްޓެމްބަރު 28
އެމްޑީޕީ ސަރުކާރުން ގިރާވަރުފަޅު ހިއްކަން 35 މިލިއަން ޑޮލަރު ދިން، ހިއްކާފައި އޮތީ 20 މިލިއަނަށް ވާވަރަށް!2025 ޖުލައި 15
އަންނަ ހަފްތާ ތެރޭގައި ފްލެޓު އެއްބަސްވުންތަކުގައި ސޮއި ކުރެވިގެންދާނެ: މުއްތޮލިބް 2025 ޖުލައި 14