
އެމްޑީޕީ ސަރުކާރުން ގިރާވަރުފަޅު ހިއްކަން 35 މިލިއަން ޑޮލަރު ދިން، ހިއްކާފައި އޮތީ 20 މިލިއަނަށް ވާވަރަށް!
ޒައުޖަތު އަޙުމަދުއެމްޑީޕީ ސަރުކާރުން ގިރާވަރުފަޅު ހިއްކަން 35 މިލިއަން ޑޮލަރު ކޮންޓްރެކްޓަރަށް ދިން ނަމަވެސް މަސައްކަތް ނިންމާފައި އޮތީ އެންމެ 20 މިލިއަން ޑޮލަރަށް ވާވަރަށް ކަމަށް ގެދޮރުވެރިކަމާބެހޭ ވަޒީރު ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ސަރުކާރުން އިންތިޒާމުކޮށްގެން ވަޒީރުންނާ ސުވާލު ކުރެއްވުމަށް ރައްޔިތުންނަށް ފުރުޞަތު ހުޅުވާލައްވައިގެން ބާއްވަމުން ގެންދާ ސިލްސިލާ ފޯރަމްގެ ތެރެއިން ރޭ ބޭއްވި "އަހާ" ފޯރަމްގައި ދެންނެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ އެމްޑީޕީ ސަރުކާރުން ހުޅުމާލެ ފޭސް 3 އަދި ގިރާވަރުފަޅު ހިއްކުމަށް ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން، ސީއެމްސީސީއާ ހަވާލުކޮށްފައިވާ މަސައްކަތް ކުރިއަށް ނުދާތީ އެއްބަސްވުން ބާޠިލްކުރަން އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
ގިރާވަރުފަޅުން 160 ހެކްޓަރގެ ބިން ހިއްކަން ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނާ އަދި ހުޅުމާލެ ފޭސް 3އަށް 63 ހެކްޓަރގެ ބިން ހިއްކަން ހަވާލުކުރީ އެޗްޑީސީއަށެވެ. މި ދެ ކުންފުނިން ވެސް އެ މަސައްކަތް ހަވާލުކުރީ ސީއެމްސީސީއާއެވެ.
ވަޒީރު ވިދާޅުވީ އެމްޑީޕީ ސަރުކާރުން އެގްރިމެންޓް ހަދާފައިވާ ގޮތުން، އެޑްވާންސް ފައިސާ ލިބުމަށްފަހު ކުރާ ކޮންމެ މަސައްކަތަކަށް ފައިސާ ދިނުމަށް ސީއެމްސީސީއިން އެދެމުންދިޔައެވެ.
މުއްޠަލިބް ވިދާޅުވީ ކޮންޓްރެކްޓް ބާޠިލް ކުރަން ސަރުކާރުން ނިންމީ އެގޮތަށް ފައިސާދެމުން ދާނަމަ ސަރުކާރަށް ގެއްލުން ބޮޑު ވާތީ ކަމަށެވެ. ވަޒީރު އިތުރަށް ވިދާޅުވީ އެ ކޮންޓްރެކްޓަރަށް ފުރަތަމަ އެޑްވާންސްގެ ގޮތުގައި 20 މިލިއަން ޑޮލަރު ދިނުމުން ފައިސާ ދިނުމަށް ޑިމާންޑް ކުރާތީ، މަސައްކަތް ކުރިއަށް ގެންދަން އިތުރު 15 މިލިއަން ޑޮލަރު ދިން ކަމަށެވެ. ނަމަވެސް އިތުރަށް ފައިސާ ދިނުމުން ވެސް މަސައްކަތް އެއްވެސް ވަރަކަށް ނުކޮށް ހުއްޓާލައިގެން ތިބީ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ޕްލޮޓް ކަނޑައެޅުމުގެ ގުރުއަތުލުން ކުރިއަށްދަނީ!2026 ޖެނުއަރީ 31
އެމްޑީޕީ ސަރުކާރުން ގޯތިތައް ދޫކުރި ގިރާވަރުފަޅު ހިއްކަންފަށައިފި2026 ޖެނުއަރީ 30
އެމްޑީޕީ ސަރުކާރުން ޝަހީދު ޢަލީ ސްކޫލް އެޅީ ބާ ޖަމާލުއްދީން ބިމުގައި ޢަރަބިއްޔާ ސްކޫލް އެޅިގޮތަށް؟2026 ޖެނުއަރީ 29
ކުރީގެ އެމްޑީޕީ ސަރުކާރުން ދެ ޖިންސު މައްސުނިކޮށް ކިޔަަވައިދޭން ފަށާފައި އޮތްއޮތުން ނިމުމަކަށް ގެންނަން އިލްތިމާސްކޮށްފި2026 ޖެނުއަރީ 04