ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ޕްލޮޓް ކަނޑައެޅުމުގެ ގުރުއަތުލުން ކުރިއަށްދަނީ!

ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ޕްލޮޓް ކަނޑައެޅުމުގެ ގުރުއަތުލުން މިއަދު ފަށައިފިއެވެ.
ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން، ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތުލުން ބޭއްވުމަށް ކަނޑައެޅުމުން އަލަށް އެކުލަވާލި ޕްލޭންގައި ޖުމްލަ 4072 ގޯތި ހިމަނާފައިވެއެވެ. މީގެ ތެރޭގައި ކުރިން މަދުވި 610 ގޯތިވެސް މިހާރު ވަނީ ހިމަނާފައެވެ.
ގެދޮރުވެރިކަމާބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން މި މަސައްކަތް ކުރިއަށް ގެންދަނީ ސޯޝަލް ސެންޓަރުގައެވެ.
ގުރުއަތުލުމުގެ ކަންކަން ކުރިއަށްދާނީ ހާޒިރީންގެ ކުރިމަތީގައި އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ މުވައްޒަފުންގެ ބެލުމުގެ ދަށުންނެވެ.
ގުރުއަތުލާ ހޯލަށް ވަދެވޭނީ ބިން ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ޕްލޮޓަކަށް އެއް ފަރާތަށް ކަމަށާއި އަދި ގޯތީގެ ވެރިފަރާތަށް ހާޒިރު ނުވެވޭނަމަ، ބަދަލުގައި މީހަކު ފޮނުވޭނީ ވެރިފަރާތުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުމަކާއި އައިޑީ ކާޑުގެ ކޮޕީއަކާ އެކުގައި ކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
އެ ވުޒާރާއިން ބުނީ ގުރުއަތުލުން ކުރިއަށްދާއިރު، ކޮންމެ ފަރާތަކަށްވެސް ލިބޭ ޕްލޮޓްގެ މަޢުލޫމާތު 'ހިޔާވެހި ޕޯޓަލް' މެދުވެރިކޮށް ވަގުތުން ފެންނަން ހުންނާނެއެވެ. އަދި އެ ފަރާތަކަށް ލިބޭ ޕްލޮޓް ނަންބަރު އެސް.އެމް.އެސްގެ ޒަރިއްޔާއިންވެސް އަންގަމުންދާނެއެވެ.
މި ގުރުއަތުލުން ޕަބްލިކް ސަރވިސް މީޑިއާގެ ޔެސް ޓީވީ އިންނާއި މިނިސްޓްރީގެ ސޯޝަލް މީޑިއާ ޕޭޖްތަކުން ދަނީ، ވަގުތުން ދުރަށް ދައްކަމުންނެވެ.
އިތުރަށް





.gif.gif&w=828&q=100)