ހުޅުމާލެ ފޭސް 1 ގައި ތަރައްޤީކުރާ 182 ހައުސިން ޔުނިޓުގެ މަޝްރޫޢުގެ މަސައްކަތް ފަށައިފި

ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން، ހުޅުމާލެ ފޭސް 1 ގައި ތަރައްޤީކުރާ 182 ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ޕްރައިވެޓް ލިމިޓެޑް" އިން ހިންގާ މި މަޝްރޫޢަކީ، އެފް.ޑަބްލިއު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެފް.ޑަބްލިއު) އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ.
މިނިސްޓަރުގެ އަރިހުގައި ބޭންކް އޮފް މޯލްޑިވްސްގެ ޗެއަރޕަރސަން އަޙްމަދު ޢަލީ ޙަބީބް، ބޭންކް އޮފް މޯލްޑިވްސްގެ ސީ.އީ.އޯ އަދި އެމް.ޑީ މުޙައްމަދު ޝަރީފް، ބީ.އެމް.އެލް -އޭ ގެ އެމް.ޑީ ޙަސަން ޝާމް އަދި އެފް.ޑަބްލިއު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އެމް.ޑީ އިބްރާހިމް ވަޙީދު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު މުއްޠަލިބް ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަން އެންމެނަށް މި ސިޔާސަތުގެ ދަށުން އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާޢިލާތަކަށް އިސްކަންދޭނެ ކަމަށެވެ. މި ސިޔާސަތުގެ މައިގަނޑު މަޤްޞަދަކީ އާޢިލާތަކަށް ފާގަތި މުސްތަޤުބަލެއް ބިނާކުރުމަށް ފުރުޞަތު ހޯދައިދީ ރައްކާތެރިކަން ފޯރުކޮށްދިނުންކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ބީއެމްއެލްއިން އިސްނަގައިގެން ސަރުކާރާ ގުޅިގެން ހިންގާ މި މަޝްރޫޢުއަކީ ޤައުމީ ބޭންކުގެ ހައިސިއްޔަތުން ޤައުމަށް ކޮށްދޭ ނުހަނު ބޮޑު ޚިދުމަތެއްކަމަށެވެ.
އިތުރަށް





.gif.gif&w=828&q=100)
