logologologologo
STO
ޚަބަރު

ހުޅުމާލޭގައި "މޫދު ފެސްޓް 2026" ކުލަގަދަކޮށް ފަށައިފި

ހުޅުމާލޭގައި "މޫދު ފެސްޓް 2026" ކުލަގަދަކޮށް ފަށައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖޫން 20

​ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ބީޗް ފެސްޓިވަލް، "މޫދު ފެސްޓް 2026" ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

​ހުޅުމާލެ ފޭސް 1 ގެ ދިރާގު ބީޗް ސަރަޙައްދުގައި ކުރިއަށްދާ މި ފެސްޓިވަލް ރަސްމީކޮށް ހުޅުވައިދެއްވީ ވަޒީރު އަޙްމަދު ޝިޔާމް އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރެވެ.

​މި ފެސްޓިވަލަކީ ކަނޑުތަކާ މެދު އޮންނަ ގުޅުން ބަދަހިކުރުމަށާއި، ތިމާވެށީގެ ދެމެހެއްޓެނިވިކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި އާއިލާތަކަށާއި، ކުޑަކުދިންނަށް އަދި ކަނޑުގެ މާޙައުލަށް ލޯބިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހުޅުވާލާފައިވާ ހަރަކާތެކެވެ.

ފެސްޓިވަލްގެ ތެރެއިން ކުރިއަށްދާ މުހިންމު ހަރަކާތްތަކުގެ ތެރޭގައި މުރަކަ އިންދުމާއި ބެލެހެއްޓުން ހިމެނެއެވެ. މީ ކަނޑުގެ ދިރުންތައް އާލާކުރުމަށް ބާއްވާ ޚާއްޞަ ހަރަކާތެއް ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ބުންޏެވެ.

ކުޑަކުދިންނާއި ބޮޑެތިމީހުންނަށްވެސް ބައިވެރިވެވޭ ތަފާތު ވޯޓަރސްޕޯޓްސް ހަރަކާތްތަކުގެ ތެރޭގައި ބަބްލް މޭކަރ ފަދަ މޫދު ކުޅިވަރުތައް ހިމެނެއެވެ.

މީގެއިތުރުން ​އާޓްސް އެންޑް ކްރާފްޓްސް އަދި ފޭސް ޕެއިންޓިންގައި ކުދިންގެ އުފެއްދުންތެރިކަން ދައްކާލުމާއި، ކަނޑުގެ ދިރުންތަކާ ގުޅުވައިގެން މޫނުގައި ކުރެހުން ހިމެނެއެވެ.

ހަމައެފަދައިން ​ކަނޑުތަކާ ގުޅޭ ތަފާތު ގޭމްތައް، މުނިފޫހިފިލުވުމުގެ އިތުރުން މާޙައުލަށް ހޭލުންތެރިކުރުވާ ކުޅިވަރުތައް ވެސް މި ފެސްޓިވަލްގައި ހިމެނެއެވެ.

 

View post on Twitter

 

ރާއްޖޭގެ ހުރިހާ ރަށެއްގައި ބާއްވާ ​މި ފެސްޓިވަލް ކުރިއަށްދާނީ މިއަދުގެ ހެނދުނު 09:00 އިން 11:00 އަށް، އަދި ހަވީރު 15:00 އިން 18:00 އަށެވެ.

އެޗްޑީސީން އިސްނަގައިގެން ބާއްވާ މި ހަރަކާތަށް ބޮޑު ތަރުޙީބެއް ލިބެމުންދާކަން ފާހަގަކުރެވެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް