ބިދޭސީންގެ މައްސަލަ- ހުޅުމާލެ ގަރާޖަކުން ބާރަ ބިދޭސީން ހައްޔަރުކޮށްފި

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހިންގާ އޮޕަރޭޝަންގައި ހުޅުމާލެ ގަރާޖަކުން ބާރަ ބިދޭސީން ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ ޚާއްޞަ ޓާސްކް ފޯސްއިން ހުޅުމާލެ ފޭސް 1ގައި ކުރިއަށް ގެންދިޔަ އޮޕްރޭޝަންއެއްގައި ގަރާޖެއް ބަލާފާސްކޮށްފައިވާ ކަމަށެވެ.
ޖޫން 15 ގައި ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި އެ ގަރާޖުން 20 މީހަކު ބަލާފާސްކޮށްފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
މި މީހުންގެތެރެއިން 12 މީހަކު އިމިގްރޭޝަންގެ ޤާނޫނުތަކާއި ޚިލާފަށް އުޅެމުން އަންނާތީ އެ އިދާރާގެ ބެލުމުގެދަށަށް ގެންެސްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ވެރިކަމާ ހަވާލުވިއިރު ކާކުކަން ދެނެގަނެވޭ ގޮތަށް ތިބީ އެންމެ 13 އިންސައްތަ ބިދޭސީން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ މޭ މަހު ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ޞައްޙަކަން ކަށަވަރު ކުރެވިފައިވާ އެކްޓިވް ވޯކްޕަރމިޓުގައި މިވަގުތު ރާއްޖޭގައި ޤާއިމުވެތިބެގެން މަސައްކަތް ކުރަމުންދާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 98 އިންސައްތަ މީހުން ބަޔޯމެޓްރިކަލީ ކާކުކަން ދެނެގަނެވޭނެ ގޮތަށް 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ މިހާރު ނަގާ ނިމިފައިވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މިމަސައްކަތުގައި ކުރިއަށް އޮތް 6 މަސް ދުވަހު ކުރެވޭނެ މަސައްކަތަކީ ބާކީ ތިބި މީހުން ހޯދާ ރާއްޖެއިން ޑިޕޯޓުކުރުމުގެ ޚާއްސަ މަސައްކަތްތައް ކަމަށެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން "ކުރަނގި އޮޕަރޭޝަން" ފަށައިގެން މިދިޔަ 2025 ވަނަ އަހަރުގެ ޑިސެމްބަރާއި ހަމައަށް 191،723 ބިދޭސީންގެ 10 އިނގިލީގެ ނިޝާން ނަގައި އެ މީހުންގެ މަޢުލޫމާތު އެއްކޮށްފައިވެއެވެ.
ޤަވާޢީދާ ޚިލާފަށް ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން ވަޒީފާ އަދާކޮށް، ވިޔަފާރިކޮށް، ދިރިއުޅެމުން އަންނަ މައްސަލައަކީ ޒަމާންވީ ބޮޑު މައްސަލައެއްކަން ފާހަގަ ކުރެވެއެވެ. ނަމަވެސް މި މައްސަލަ ހައްލުކުރެއްވުމަށް ރޭވުންތެރިކަމާއިއެކު އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިވަނީ ހަމައެކަނި ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުންކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.
އިތުރަށް





.gif.gif&w=828&q=100)