logologologologo
STO
ޚަބަރު

ގައްދޫގައި ވެސް ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި

ގައްދޫގައި ވެސް ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޯގަސްޓު 08

ގދ. ގައްދޫގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ މުޅި ރާއްޖެއަށް ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރު ގައްދޫގައި ރަސްމީކޮށް ޕާސްޕޯޓުގެ ޚިދުމަތް ފަށާފައިވާ ކަމަށެވެ.

ގައްދޫގައި މި ޚިދުމަތް ފެށުމާއިއެކު، ގދ. އަތޮޅުގެ 2 ރަށުން މިހާރު އެ އަތޮޅުގެ ރައްޔިތުންނަށް މިޚިދުމަތް ލިބޭނެއެވެ.

ގދ. އަތޮޅުން ޕާސްޕޯޓު ނެގުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު "އިމުގާ" މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހަޅާއިރު "ކަލެކްޝަން ޕޮއިންޓް"ގެ ގޮތުގައި ތިނަދޫ ސިޓީ އާއި ގައްދޫ ޚިޔާރުކުރެެވޭނެއެވެ.

ހުރިހާ އަތޮޅަކުން އައިޑީކާޑު އަދި ޕާސްޕޯޓު ޕްރިންޓްކުރުމުގެ ވަޢުދުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ދިޔަ 2024 ވަނަ އަހަރުގެ ޖުމްހޫރީދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވެވަޑައިގެންނެވި ވަޢުދުފުޅެކެވެ. މި ވަޢުދުފުޅު ވަނީ މިދިޔަ 2025 އަހަރުގެ އޮކްޓޫބަރު 7 ގައި ފުއްދަވައިފައެވެ. އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވީ، 2025 ވަނަ އަހަރުގެ ނިޔަލަށް ހުރިހާ އަތޮޅަކުން އައިޑީކާޑާއި، ޕާސްޕޯޓް ހައްދައިދިނުމުގެ އިންތިޒާމް ހަމަޖައްސައިދީ ނިންމެވުމަށެވެ.

ނަމަވެސް އެ ތާރީޚަށްވުރެ ކުރިން އައިޑީ ކާޑު ހުރިހާ އަތޮޅަކުން ޕްރިންޓް ކުރުމުގެ ވަޢުދު ފުރިހަމަވެފައިވަނީ މިދިޔަ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.

މީގެކުރިން ޕާސްޕޯޓާއި އައިޑީކާޑު ހެއްދުމަށް އަތޮޅުތަކުގެ ގިނަ ރައްޔިތުން އައީ، ބޮޑު ހޭދައެއްކޮށް މާލެއަށް ދަތުރު ކުރަމުންނެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް